Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިޙުގެ ރިޔާސީ ބަޔާން

12 ރަށެއްގައި 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް

3 ފެބުރުއަރީ 2022 | ބުރާސްފަތި 04:47

5 ޓަރޝަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާސައުންޑް ސްކޭނާއެކު ލެބޯރޓްރީ ނިޒާމް ފުރިހަމަ ކުރެވިއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 04:47
ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ސޯލިޙު ރިޔާސީ ބަޔާން އިއްވަވަނީ

ރާއްޖޭގެ 12 ރަށެއްގައި 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙު މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ބޭސް ފަރުވާއަށް މާލެ އައުން މަޖުބޫރުވުމުގެ ބަދުބަސް ބުނާ ޒަމާނަށް ރައްދު ކުރުމުގެ މާނައެއް މިއަދަކު ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބޭސް ސިޓީއަށް ސަލާން ޖެހުމަކީ މާޒީކަމުގައިވެގެން ދިޔައީ، އެކަމަށް ކުރަންޖެހުނު ކަންކަން އޭގެ ވަގުތުގައި ކުރުމުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ 5 ސަރަހައްދުގައި ތަރައްޤީ ކުރާ 5 ޓަރޝަރީ ހޮސްޕިޓަލުގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑްސްކޭނާއެކު ލެބޯރޓްރީ ނިޒާމް ފުރިހަމަ ކުރެވިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމް.އާރް.އައި ޚިދުމަތާއި، ހިތުގެ ބަލިތަށް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް ޤާއިމް ކުރެވިއްޖެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ ތެރެއިން 4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ލިބެމުންދާއިރު، ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ ޚިދުމަތް މިކުއާޓަރުގައި ފުރިހަމަވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކުންވެސް އެތައް ސްޕެޝަލިޓީ ޚިދުމަތެއް މިހާރު ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުޅުދުއްފުއްޓާއި ލ.ގަމާއި، ގދ.ތިނަދޫގައިވެސް 100 އެނދުގެ ހޮސްޕިޓަލުތަކުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ހިނގާނެ ކަމަށެވެ. އަދި މީގެއިތުރުން 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، އަދި 12 ރަށެއްގައި 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް ސަރުކާރުން ހިންގަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތް ކެއަރ ޕޯޓަލް މިހާރު ތަޢާރަފް ކުރެވިއްޖެކަން ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

އަތޮޅު ތެރެއަށް ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ފޯރުކޮށް ދިނުން ނުހަނު މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ދެނެގަނެވުނީ މިޚިދުމަތަށް އެދި ވެއިޓް ލިސްޓް ކުރެވިފައިވާ މީހުންގެ ޢަދަދުގެ މަތިކަމުންކަމަށެވެ.

މީގެއިތުރުން، އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެތެރެއިން 41 އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ސޯލިހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
11 އޯގަސްޓު 2023

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

11 އޯގަސްޓު 2023
އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު
10 އޯގަސްޓު 2023

ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް

10 އޯގަސްޓު 2023
ދާންދޫ އަށް ރައީސްގެ ވައުދު: ގައުމީ ފެންވަރުގެ އެތުލެޓިކްސް ސްޓޭޑިއަމް އަކާއި 30 އެނދުގެ ހޮސްޕިޓަލެއް
10 އޯގަސްޓު 2023

އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް

10 އޯގަސްޓު 2023
އެމްޑީޕީގެ ސިޔާސަތަކީ ގަދަރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން - ރައީސް
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
16 ޖުލައި 2023

ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް

16 ޖުލައި 2023
ދިއްގަރު ރައްޔިތުންނަށް ރައީސް ދެއްވީ މި ދައުރާާއި އަންނަ ދައުރަށްވެސް އުފާވެރި ޚަބަރުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް