Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިއަހަރު ހުށަހަޅާ ޤާނޫނުތައް

ހައްޖާއި އުމްރާ އާއި ޒަކާތާއި ބެހޭ ޤާނޫނުތައް މިއަހަރު ތެރޭ މަޖިލީހަށް ހުށަހަޅަނީ

ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްޞަކޮށް މަޖިލީހަށް ނުހަނު ޙައްސާސް ދަނޑިވަޅެއްގައި، ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 04:52
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ

ޙައްޖާ ޢުމްރާ އާއި ވަޤްފުގެ ކަންކަމާއި އަދި ޒަކާތާއި ބެހޭ ޤާނޫނުތައް އެކުލަވާލައި މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހު ވަނީ ސަރުކާރުގެ ފަރާތުން މިއަހަރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ބައެއް ބިލްތައް ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރު ތެރޭގައި  ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރައީސް ވިދާޅުވީ ބޭރު ފައިސާގެ ތާށިކަން ހައްލު ކުރުމާއި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެ ކަމަށެވެ. އަދި ބޭރު ފައިސާގެ ބާޒާރާއި ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ތިމާވެއްޓާއި ގުޅޭ ޤާނޫނީ އޮނިގަނޑު ފުރިހަމަ ކުރުމުގެ ގޮތުން ކުނި މެނޭޖްކުރުމުގެ އުޞޫލްތަކާއި ބެހޭ ބިލް މަޖިލީހަށް ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިބިލަށް މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހުޅުވާލާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަޖިލީހުން މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ވަކިން ޚާއްޞަކޮށް މަޖިލީހަށް ނުހަނު ޙައްސާސް ދަނޑިވަޅެއްގައި ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ތިން ދައުރުގައި ބޭއްވި 103 ޖަލްސާއަށް ސަރުކާރުގެ ފަރާތުން 36 ބިލެއް ހުށަހަޅާފައިވެއެވެ. މިސަރުކާރުން ގާނޫނީ އޮނިގަނޑު އިސްލާހުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ އަހަރު މަޖިލީހުން ފާސްކުރި މުހިންމު ޤާނޫނުތަކަށް ބަލާއިރު ސިފައިންގެ ޤާނޫނަށް ގެނެވުނު އިސްލާހާއި މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނެވުނު އިސްލާހު ހިމެނެއެވެ.

މީގެއިތުރުން މަތީ ތައުލީމުގެ ޤާނޫނާއި، އާންމު ސިއްހަތުގެ ޤާނޫނު، ކްލައިމެޓް ޗޭންޖް ޤާނޫނު ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިސްލާހު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން މަދަނީ އިޖުރާއަތުގެ ޤާނޫނުވެސް ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލިސްރިޔާސީ ބަޔާން

ކޮމެންޓް

އިތުރަށް ކިޔާލަން

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު