Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

ގްރީން ބަލިކޮށް ސަސް ސެމީއާ ގާތަށް

ގްރީން އަތުން ސަސް މޮޅުވީ 4-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2022 | ބުދަ 18:24
ސަސް އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ސަސް އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ސެމީ ފައިނަލާ ގާތަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ސަސް މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސަސްއިން ގްރީންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 10 ވަނަ މިނެޓުގައި ސަސްގެ މިޑްފީލްޑަރު ވިޝާހު އަބްދުލް މަޖީދު އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގްރީންގެ ގޯލްކީޕަރު އަލީ ޔާނިއު އަޙްމަދު ވަނީ މަތަކޮށްފައެވެ. އެކަމަކު މެޗުގެ 13 ވަނަ މިނެޓުގައި ސަސްގެ ލަޔާން ހުސެއިން ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހުވެސް ސަސްއިން ގްރީންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 25 ވަނަ މިނެޓުގައި ސަސްގެ އަޙްމަދު ޖުމާން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު ޔާނިއުއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާހެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ސަސްއިން ގްރީންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައިފައެވެ. ގްރީން ގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާލިފް ހުސެއިނެވެ. ދެން މި މެޗުގައި ސަސްއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ އިޝްއާފް މުޙައްމަދެވެ.

މި ނަތީޖާއާއެކު ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއްވަނައިގައި މި ވަގުތު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު އީގަލްސްއަށް ހަތް ޕޮއިންޓް ލިބިފައިވަނީ ތިން މެޗުންނެވެ. ލަނޑުގެ ތަފާތުން މާޒިޔާއަށް ކުރި ލިބުނު ނަމަވެސް، އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމިފައެވެ.

މީގެ އިތުރުން މި ގްރޫޕުގެ ތިންވަނައިގައި އޮތް ސަސްއަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އޮތީ ތިން މެޗުން ތިން ޕޮއިންޓްޓާއެކުއެވެ. އަދި ފުލުގައި އޮތް ގްރީންއަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެއާއެކު ގްރީން އާއި ދަ ގްރާންޑޭ މިހާރު ވަނީ ކަޓާފައެވެ.

ޔޫތު ޗެމްޕިއަންޝިޕްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ކުލަބް ގްރީން ސްޓްރީޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު