Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުހު ހައްޖު ގްރޫޕް

ފަތުހު ގްރޫޕުގެ އެމްޑީގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ އަލުން ބެލުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު

2 ފެބުރުއަރީ 2022 | ބުދަ 07:55

ލިބިފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެއަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ އިތުރު 72 މީހެއްގެ އަތުން ފައިސާ ނެގި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ފެބުރުއަރީ 2022 | ބުދަ 07:55
ސުޕްރީމް ކޯޓުގައި މިމައްސަލައިގައި ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުން

ސުޕްރީމް ކޯޓުގައި މިމައްސަލައިގައި ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުން

ފަތުހު ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރުގެ މައްޗަށް ކުރި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އަލުން ބެލުމަށް ހައިކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށްފިއެވެ.

އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދީފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެ އަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ އިތުރު 72 މީހެއްގެ އަތުން ފައިސާ ނަގައި، ހައްޖަށް ގެންގޮސް ދީފައި ނުވާތީއެވެ.

Advertisement - newsAdvertisement

މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2018 ވަނަ އަހަރުއެވެ. އެއީ އެކުށުގެ އުންސުރުތައް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާތީއާއި، މި ދައުވާއަކީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވާތީ ބުނެއެވެ.

އަދި އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާވެސް ބާތިލުކަމަށް ނިންމިއެވެ. އެއީ އެ ދައުވާވެސް ބިނާވެފައިވަނީ އެއް ތަހުގީގެއްގެ މައްޗަށްކަމަށްވާތީއެވެ.

މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުން މުސްތަފާ އެދައުވާ އަށް އިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭ ކަމަށާއި އެކަންކަން ނަފީ ކުރެވޭނެ ޤާނޫނީ ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތުން ހުށައަޅާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. އަދި ކުށް ސާބިތު ކުރުމުގެ އެއް އުންސުރު ކަމަށްވާ ކުށުގެ އަމަލުގެ ނިޔަތަށް ބަލާއިރު، މި މައްސަލާގައި ހެކިބަސް ދިން ފަރާތްތަކުގެ ހެކި ބަހަށް ބަލައި، ދައުވާ ލިބޭ ފަރާތުގެ ޖިނާއީ ކުށުގެ ނިޔަތެއް އޮތް ކަމަށް ޝަރީއަތަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ މިޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މަކަރާ ހީލަތް ހެދުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި އުފުލާފައިވާ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ހައިކޯޓުން ވަނީ އަންގާފައެވެ. ވުމާއެކު ހައިކޯޓުގެ އެ ޙުކުމް ބާތިލުކޮށްދިނުމަށް އެދި މުސްތަފާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅީއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގައި ޙުކުމް ކުރުމަށް ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު ވަނީ ރައުޔު އިއްވަވާފައެވެ. އެގޮތުން ހައިކޯޓުގެ ޙުކުމް ބަދަލުކުރަންޖެހޭ ތަނެއް ނެތްކަމަށް ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ރައުޔުގައި ވިދާޅުވެއެވެ. އަދި އެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދުވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ހައި ކޯޓުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

19 ޑިސެމްބަރު 2025
ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް