Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓް

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ކަންތައްތައް ބެހެއްޓުމާއި ސާފުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހިޔާ ފްލެޓް ސަރަހައްދު ސާފުކުރުމަށް ތަފާތު ހަތަރު ކުންފުންޏަކާއި ވަނީ ހަވާލުކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2022 | ބުދަ 07:02
ހިޔާ ފްލެޓް ސަރަހައްދު ސާފުކުރަނީ

ހިޔާ ފްލެޓް ސަރަހައްދު ސާފުކުރަނީ

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ކަންތައްތައް ބެހެއްޓުމާއި ސާފުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ފެބްރުއަރީ 1 ވަނަ ދުވަހުން ފެށިގެން ހިޔާ ސަރަހައްދުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމަށް ވަށި ޕްރައިވެޓް ލިމިޑަޓާއި ހަވާލުކޮށް، ޖެނުއަރީ 25 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ހިޔާ ފްލެޓް ސަރަހައްދު ސާފުކުރުމަށް ތަފާތު ހަތަރު ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ހިޔާ ޓަވަރު އެކެއް، ދޭއް، ތިނެއް އަދި ހަތަރެއް ސާފުކުރުމަށް އެލްއެމް އެންޓަޕްރައިޒަޒް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ޓަވަރު ފަހެއް، ހަޔެއް، ހަތެއް އަދި އަށެއް ސާފުކުރުމަށް ޕާމް ގްލޯ ކުންފުންޏާއި ހަވާލުކޮށްފައިވާއިރު ޓަވަރު ނުވައެއް، ދިހައެއް، އެގާރަ އަދި ބާރަ ސާފުކުރުމަށް ކޭ.އެސް.އޭ މޯލްޑިވްސް އާއި ހަވާލުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ހިޔާ ޓަވަރު ތޭރަ، ސާދަ، ފަނަރަ އަދި ސޯޅަ ސާފުކުރުމަށް ލިރޯ އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވާ ކަމަށެވެ.

މި ހަތަރު ކުންފުނިން ވެސް ހިޔާ ޓަވަރުތައް ބެލެހެއްޓުމާއި ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހެނދުނު 08:00 އިން މެންދަމު 12:00 އަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހިޔާ ސަރަހައްދު ސާފުކޮށް ބެހެއްޓުމަށްޓަކައި ކޮންމެ ހަފްތާއެއްގެ އިތުރުން ކޮންމެ މަހަކު އެ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން އިތުރަށް ބުނީ ސެކިއުރިޓީ ކަންތައްތައް ބެހެއްޓުމަށް ވަށި ޕްރައިވެޓް ލިމިޑަޓާއި ހަވާލުކޮށްވީ ނަމަވެސް ސެކިއުރިޓީ ސްޓާފުން ގްރައުންޑް ފްލޯ އާއި ޕާކިންގ ސަރަހައްދާއި ޖުމްލަކޮށް މުޅި ހިޔާ ސަރަހައްދު ބަލަހައްޓާ މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ސެކިއުރިޓީ ޚިދުމަތަކީ 24 ގަޑީއިރު ފޯރުކޮށްދޭ ޚިދުމަތަކަށްވާއިރު އެއްވެސް ކަހަލަ މައްސަލައެއް ދިމާވެ، ކަމެއް ރިޕޯޓުކޮށްފިނަމަ އެކަމެއް ސެކިއުރިޓީ މީހުން ބަލާނެ ކަމަށެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ގިނަވެ، އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މީގެ ކުރިން ފުލުހުން ބުނީ ހިޔާ ފްލެޓް ސަރަަހައްދަށް ޖަމާވަމުންދާ ގިނަ މީހުންނަކީ ކެފޭ އުސޫލުން މާލެ ސިޓީގައި މަސްތުވާތަކެތި ހިންގަމުންދިޔަ މީހުންނާއި އެތަންތަނުން ޚިދުމަތް ލިބިގަތް މީހުން ކަމަށެވެ. އަދި އެތަންތަން އުވާލުމުން އެމީހުން ހިޔާ ފްލެޓް ސަރަހައްދަށް ޖަމާވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ހިޔާ ފްލެޓް ސަރަހައްދުގައި 45 މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެތެރެއިން 39 މީހުންނަކީ ކެފޭ އުސޫލުން މާލެ ސިޓީގައި މަސްތުވާތަކެތި ހިންގަމުންދިޔަ މީހުންނާއި އެތަންތަނުން ޚިދުމަތް ލިބިގަތް މީހުން ކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހިޔާ ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު