Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިއުމަން ޓްރެފިކިންގ

ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފި

އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް 7 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 09:07
ކްރިމިނަލް ކޯޓް- ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މިމައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި

ކްރިމިނަލް ކޯޓް- ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މިމައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި

ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ.ހުޅުދޫ ރޯޝަނީމާގޭ އުމުރުން 55 އަހަރުގެ މޫސާ ފަތުޙީ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައި ބެހެއްޓުމަށް 7 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 16 އަށެވެ.

Advertisement - newsAdvertisement

އޭރު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ވަނީ ހުށައަޅާފައެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބާރުދޭކަމަށް ވަނީ ބުނެފައެވެ. އޭނާ ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތުމުންކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މޫސާ ފަތުޙީ ވަނީ މިއީ ރަހުމަތްތެރިއަކު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި އޭރު އެ އަމުރު ނެރުއްވީ ގާޒީ އާދަމް މުޙައްމަދުއެވެ. ފަހުން ބަންދު މުރާޖައާ ކޮށްފައިވާއިރު، 30 ޖެނުއަރީގައި ގާޒީ ޙަސަން ސައީދު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 4 ދުވަހަށް އިތުރުކޮށްފައެވެ. އެގޮތުން މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ސަބަބަކީ އޭނާއަކީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައިވާ ފަރާތެއްކަން އެނގޭ ލިޔެކިޔުން ކޯޓަށް ހުށައަޅާފައިވާތީއެވެ. އޭނާގެ ކަރަންޓީން މުއްދަތު ނިމުމުން، 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަންޖެހޭނެކަމަށްވެސް އަމުރުގައި ބަޔާން ކުރައްވާފައިވެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އަދި މި މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ހ. ސީސްޕީޑް މުޙައްމަދު ވަޙީދުވެސް އޭރު ހައްޔަރުކުރިއެވެ.

އިންސާނީ ވަގުފާރިކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު