Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރުގެ މައްސަލަ

ދިފާއީ ވަކީލު ކަރަންޓީނުގައި ހުންނެވުމުން އާޒިމާގެ މައްސަލަ ކެންސަލް

މިއީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް އާޒިމާ ވަނީ ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2022 | އަންގާރަ 08:09
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާއި ގުޅޭ ދެ ދައުވާއެއްގެ އަޑުއެހުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން އަޑުއެހުމެއް ނުބާއްވާތާ ގާތްގަނޑަކަށް 1 އަހަރާއި 3 މަސް ވެފައިވާއިރު، މި މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށެވެ. އެހެންނަމަވެސް، ދިފާއީ ވަކީލު ކަރަންޓީނުގައި ހުންނެވުމުގެ ސަބަބުން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

Advertisement - newsAdvertisement

އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ 20 އޮކްޓޯބަރު 2020 ގައެވެ. އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން މީގެ ކުރިން ސުވާލު ދެންނެވުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޕީޖީ އޮފީހުން ކޯޓަށް މައްސަލަ ހުށައަޅާފައި ވީނަމަވެސް، އެ މައްސަލައިގެ އަޑުއެހުންތައް ތާވަލު ކުރަމުން ނުދާ ކަމަށެވެ. އަދި އަޑުއެހުންތައް ތާވަލު ނުކުރާ ވަކި ސަބަބެއް ކޯޓުން އަންގާފައިނުވާކަމަށެވެ. މިމައްސަލައިގައި އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު، އޭގެ ފަހުން މައްސަލަ ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލަވެސް އަވަސްކުރުމަށްޓަކައި ޕީޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާގައި ދައުލަތުން ހުށައެޅި ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނާއިބް ރައީސް މުއައްވިޒު ރަޝީދާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި، މުހައްމަދު ޝަރީފް ހިމެނެއެވެ.

ކިތާބީ ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވަނީ ބީއެމްއެލްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ތަފްސީލާއި، މިއަހަރުގެ ޖެނުއަރީގައި އާޒިމާ ފުލުހަށް ހާޒިރުކޮށް ނަގާފައިވާ ބަޔާނާއި އޭސީސީއިން އެސްކްރޯ އެކައުންޓެއް ހުޅުވުމަށް ވެފައިވާ އެއްބަސްވުމާއި، މުހައްމަދު ވަސީމް އިސްމާއިލްގެ އެކައުންޓްގެ ތަފްސީލާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އެކައުންޓުގެ ތަފްސީލެވެ.

އެސްކްރޯ އެކައުންޓް ހެދުމުން އޭސީސީއިން ބަޔާން ނެގުމަށް ރައީސް ޔާމީން ހާޒިރު ކުރުމުގެ ކުރިން ރައީސް ޔާމީނާއި ކުރަންޖެހޭ ސުވާލުތައް އެކުލަވާލައި އެސުވާލުތައް އާޒިމާ ބޭނުންވެލައްވާ ގޮތަށް އޭސީސީގެ ތަހުގީގީ ޓީމްލައްވައި ކުރުވުމާއި ބަޔާން ނެގިއިރު ޑްރާފްޓް އޮންނަންވާނެ ގޮތާއި ޑްރާފްޓް އެކުލަވާލުމުގައި އާޒިމާ ބޭނުންވެލައްވާ ގޮތަށް އެކުލަވާލެއްވި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އާޒިމާ ވަނީ މި ދެ ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ވިދާޅުވެ، ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވައި ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. ބައެއް އަޑުއެހުންތަކުގައި، މި ދެ ދައުވާގެ އަޑުއެހުންތައް އަލުން ފެށުމަށް ވެސް އާޒިމާގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ. 

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު