Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ޖޭއެސްސީ ހައިޖެކްކޮށްގެން އުޅޭކަމަށް ބުނެ މެމްބަރު ޝިޔާމްގެ ސިޓީފުޅެއް މަޖިލީހުގެ ރައީސަށް

31 ޖެނުއަރީ 2022 | ހޯމަ 16:46

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސިޔާސީ ދައުވާ އުފުލައި، ޝަރީއަތަށް އަތްބާނައި، ޖުޑީޝަލް ސަރވިސް ކޮމިޝަން ހައިޖެކްކޮށްގެން އުޅޭކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖެނުއަރީ 2022 | ހޯމަ 16:46
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސިޔާސީ ދައުވާ އުފުލައި، ޝަރީއަތަށް އަތްބާނައި, ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ހައިޖެކްކޮށްގެން އުޅޭކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީފުޅެއް ފޮނުއްވައިިފިއެވެ.

ޝިޔާމްގެ މި ސިޓީގައި ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބައްލަވައިދެއްވުމަށެވެ.

Advertisement - newsAdvertisement

ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް, މ. އާރަށް މައްސަލާގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން 27 ޖަނަވަރީ 2012ގައި ބޭއްވުނު އަޑުއެހުމުގައި އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް, އެ މައްސަލަގައި މިއަހަރުގެ ޖޫން މަހު ހުކުމް ކުރާ ގޮތަށް ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ކަމަށް ވެސް މި ސިޓީގައިވެއެވެ. ދައުވާގެ އަޑުއެހުންތައް ނިންމައި ހުކުމްކުރުން މީގެ ކުރިން އެކުލަވައިލި ތާވަލުގައިވާ ގޮތުން އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ. މިކަން މިގޮތަށް ކޮށްފައިވާއިރު އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މި ސަރުކާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފުގެ ޝަރީއަތް ކޮވިޑް 19އާ ގުޅިގެން ފަސްކޮށްފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

ކޯޓުތަކުން ކުރާ ޝަރީއަތަކީ ހުރިހާ ފަރާތްތަކަކަށްވެސް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރެވޭ ޝަރީއަތްތަކަކަށް ވާންޖެހޭކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ, މިހާރު ފެނިގެން މިދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނައި، ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ, ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުންދާތަން ކަމަށެވެ.

އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ހުކުމް ކުރުން ޖޫން މަހަށް އަވަސްކޮށްފައިވާއިރު, ޕީޕީއެމުން ބުނީ ދެފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީޚުތަކަށް، އެ ދެފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ގާނޫނު ނަންބަރު12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު)އާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް 3 މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއްދުވަހަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މި މައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައި ކަމަށެވެ.

ދަށު ކޯޓުތަކާއި ހައިކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވައި, އަތްބާނައިގެން އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި, އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ މުައްސަސާތަކަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ޕީޕީއެމްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް