Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

ކައުންސިލުގެ ހުއްދަނެތި އާންމު ތަންތަނުގައި ބިލްބޯޑު ނުޖެހޭނެ: ފުވައްމުލަކު މޭޔަރު

31 ޖެނުއަރީ 2022 | ހޯމަ 07:26

ބިލްބޯޑުތަކާއި ޕޯސްޓަރުތައް ހަރު ކުރުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފައި ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 07:26
އިދިކޮޅުގެ ކެމްޕޭން؛ ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައި

އިދިކޮޅުގެ ކެމްޕޭން؛ ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައި

ސިޓީ ކައުންސިލުގެ ހުއްދަނެތި އާންމު ތަންތަނުގައި ބިލްބޯޑު ނުޖެހޭނެކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ރަފީޤް ވިދާޅުވީ، އިންޑިއާ އައުޓް ނަމުގައި އިދިކޮޅުން ހިންގާ ޙަރަކާތްތަކުގެ ދަށުން އާންމު މީހުން ދިރިއުޅެމުންދާ ގޭގޭގައި ޕޯސްޓަރުތަކާއި ބިލްބޯޑުތައް ހަރުކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، އާންމު ތަނެއްގައި ބިލްބޯޑު ހަރުކުރާނަމަ ސިޓީ ކައުންސިލުން އެކަމުގެ ހުއްދަ ނަގަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރަފީޤު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕޭން ހިންގުމަށް އާންމު ތަންތަނުގައި އެފަދައިން ބިލްބޯޑުތަކާއި ޕޯސްޓަރުތައް ހަރު ކުރުމުގެ ހުއްދަ މިހާތަނަށް ސިޓީ ކައުންސިލުން ދީފައި ނުވާނެ ކަމަށެވެ. އިދިކޮޅުގެ މި ކެމްޕޭނު، ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޅާ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ފުރަތަމަ އެ ކެމްޕޭނުގެ ހަރަކާތް ބޭއްވީ ފުވައްމުލަކު ސިޓީގައެވެ.

އިދިކޮޅު ޕީޕީއެމްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ގެންދަނީ އެކަމާ ގުޅޭ ޙަރަކާތްތައް ފުޅާކުރަމުންނެވެ. އެގޮތުން ފުވައްމުލަކު ސިޓީގެ ގޭގޭގައިވެސް ޕޯސްޓަރުތައް ހަރުކުރަމުން ގެންދާއިރު، އިދިކޮޅުން މިހާރު ބޭނުންކުރާ ޕޯސްޓަރުތަކާއި ބިލްބޯޑުތަކުގައި ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ގެންދަނީ ބޭނުން ކުރަމުންނެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންވެސް އަމާޒުވެފައިވެއެވެ.

އިންޑިއާ އައުޓް ޙަރަކާތުގެ ސަބަބުން އިންޑިއާގައި ދިރިއުޅެމުންދާ ދިވެހިންނަށްވެސް އެކަމުގެ ނުސީދާ އުނދަގޫތައް ކުރިމަތިވަމުންދާއިރު، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ 6 މަހުގެ ޖަލު ޙުކުމެއް އައިސްދާނެ ފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން ވަނީ ތައްޔާރުވެފައެވެ.

ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލު ހިންގާނަމަ އެމީހަކު އެކުރަނީ ކުށެއްކަން ބަޔާންކޮށް އެ ބިލުގައި ވަނީ އެ އަމަލެއްގެ ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 20،000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ 1 އަހަރު ދުވަހަށް ގޭބަންދަށް ބަދަލު ކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވިދާނެކަމަށް ބަޔާންކޮށް އަދަބު ކަނޑައަޅާފައެވެ.

އިންޑިއާ އައުޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް