Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫރަޕްގެ މަސްރަހު

އިރުމަތީ ޔޫރަޕަށް އެމެރިކާ ސިފައިން ފޮނުވަނީ

30 ޖެނުއަރީ 2022 | އާދީއްތަ 18:51

ރަޝިއާއިން ޔޫކްރޭންއަށް ހަމަލާދޭން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޖެނުއަރީ 2022 | އާދީއްތަ 18:51
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

އިރުމަތީ ޔޫރަޕްގައި ނޭޓޯގެ ބާރު ވަރުގަދަ ކުރުމަށް އެމެރިކާ ސިފައިން ވަރަށް އަވަހަށް ފޮނުވަން ނިންމާފައިވާކަމަށް އެގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން މިހެން ވިދާޅުވެފައި މިވަނީ ރަޝިއާއިން ޔޫކްރޭން ހިފަން އުޅޭ ކަމުގެ އަޑުތައް ގަދަވެ އިރުމަތީ ޔޫރަޕުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ, އިރުމަތީ ޔޫރަޕާއި ނޭޓޯގެ ގައުމުތަކަށް އެމެރިކާ ސިފައިން ފޮނުވަން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ގައުމުތަކަށް އެމެރިކާ ސިފައިން ފޮނުވާނެ ވަކި އަދަދެއް ބައިޑެން ހާމަކުރައްވާފައެއް ނުވެއެވެ. ބައިޑެން ވިދާޅުވީ އެ ގައުމުތަކަށް މާ ބައިވަރު ސިފައިން ނުފޮނުވާނެ ކަމަށެވެ.

ހުޅަނގު ޔޫރަޕުގެ ގައުމުތަކުގައި މިހާރުވެސް އެމެރިކާގެ އެތަށް ހާސް ސިފައިން ހަރަކާތްތެރިވަމުން އާދެއެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާގޮތުން އިރުމަތީ ޔޫރަޕްގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އިރުމަތީ ޔޫރަޕްގައި ހަރަކާތްތެރިވަމުން އަންނަ އެމެރިކާގެ ސިފައިންގެ އަދަދު ނިސްބަތުން މަދެވެ.

މި ހަފުތާގައި ޕެންޓަގަންގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ ނޭޓޯއަށް އެހީވާން ދާން ޖެހިދާނެ ކަމަށް ބަލައި 8،500 ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

ޔޫކްރޭންއަކީ ނޭޓޯގެ މެމްބަރު ގައުމެއް ނޫން ނަމަވެސް އެ ގައުމަށް ރަޝިއާއިން ހަމަލާ ދީފިނަމަ އަވައްޓެރި ނޭޓޯގެ އެހެން ގައުމުތަކަށް ހަނގުރާމަ ކުރިމަތިވާނެ ކަމަށް އެމެރިކާއިން ދެކެއެވެ.

ރަޝިއާއިން ވަނީ ޔޫކްރޭންއަށް ހަމަލާދޭން އެގައުމުން އުޅޭކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އެކަމަކު ރަޝިއާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި 100،000 ރަޝިއާ ސިފައިން އެބަތިއްބެވެ.

ރަޝިއާއިން ޑިމާންޑް ކުރަނީ ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށެވެ. މިދިޔަ ހަފްތާގައި ބައިޑެން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް ހަމަލާދީފި ނަމަ، ރައްދުގައި އަޅާނީ ރަޝިއާއިން ނޭދޭ ފިޔަވަޅެއް ކަމަށެވެ.

އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް