Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް އޯޕަން

ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ނަޑާލް ހޯދައިފި

6 ޖޫން 2022 | ހޯމަ 04:16

މިއީ ނަޑާލް ކާމިޔާބުކުރި 22 ވަނަ ގްރޭންޑް ސްލޭމް ތަށި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2022 | ހޯމަ 04:16
ފްރެންޗް އޯޕަން ކާމިޔާބުކުރި ނަޑާލް

ފްރެންޗް އޯޕަން ކާމިޔާބުކުރި ނަޑާލް

ނޯވޭގެ ކެސްޕާ ރޫޑް ބަލިކޮށް ސްޕެއިނުގެ ރަފައެލް ނަޑާލް ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މޮޅާއެކު ނަޑާލް ވަނީ އޭނާގެ ކެރިއަރުގައި ޖުމުލަ 22 ގްރޭންޑް ސްލޭމް ތަށި ހޯދާފައެވެ. އެންމެ ގިނައިން ގްރޭންޑް ސްލޭމް ތަށި އުފުލާލުމުގެ ރެކޯޑު އޮތީ ވެސް ނަޑާލް އަތުގައެވެ. އޭނާއާއި އެންމެ ގާތުން ގްރޭންޑް ސްލޭމް ތަށި ހޯދާފައިވަނީ ސާބިއާގެ ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާއެވެ. އެ ދެ ކުޅުންތެރިން ވަނީ 20 ގްރޭންޑް ސްލޭމް ތަށި ހޯދާފައެވެ.

ފައިނަލުން މޮޅުވުމަށްފަހު ނަޑާލް ބުނީ ފްރެންޗް އޯޕަން އަކީ ޓެނިހުގެ އެންމެ ބޮޑު މުބާރާތް ކަމަށެވެ. އަދި އޭނާއަށް އެންމެ ކާމިޔާބު މުބާރާތް ކަމަށެވެ. މީގެ އިތުރުން ނަޑާލް ބުނީ އޭނާގެ އުމުރުން 36 އަހަރުގައި ވެސް އޭނާ ޕެރިހުގައި މުބާރާތް ކުޅެން ހުރީ، އެ މުބާރާތް އޭނާއަށް ޚާއްސަވީމަކަމަށެވެ. އަދި އޭނާގެ ޚާއްސަ ކޯޓަކީ ޕެރިސްކަމަށެވެ.

މީގެ އިތުރުން ނަޑާލް ބުނީ އޭނާއަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ އޭނާގެ އާއިލާކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ހުރިހާ ވެސް އެއްޗަކީ އަނިޔާވެ ކުޅުމާ ދުރުގައި ހުރިއިރު އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި ސަޕޯޓުކަމަށެވެ. އަދި އާއިލާގެ މީހުން ނެތް ނަމަ، ވަރަށް ކުރިން އޭނާ ޓެނިހުން ރިޓަޔާކުރާނެކަމަށެވެ.

ފައިނަލްގައި ނަޑާލް މޮޅުވީ އެއްވެސް ސެޓެއް ނުގެއްލިއެވެ. ރޫޑްގެ މައްޗަށް ނަޑާލް ކުރި ހޯދީ  6-3 6-3 6-0 ންނެވެ. ފައިނަލަށްފަހު ރޫޑް ބުނީ މުބާރާތް ކާމިޔާބުކުރި ނަޑާލަކީ މުބާރާތުގައި ވެސް އަދި ޓެނިހުގައި ވެސް ކޮން ފެންވަރެއްގެ ކުޅުންތެރިއެއްކަން އެންމެންނަށް އިނގޭނެކަމަށެވެ. އޭނާ ބުނީ ގޮތުގައި ނަޑާލް ކަހަލަ މޮޅު ކުޅުންތެރިޔަކާ ދެކޮޅަށް އެ ލެވެލްގެ މެޗެއް ކުޅުމަކީ ވެސް އޭނާއަށް ލިބުނު މޮޅެއް ކަމަށެވެ. އޭނާ ބުނީ އުންމީދުކުރަނީ މުސްތަގުބަލުގައި އިތުރު ފައިނަލްތަކުގައި ކުޅެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

ރަފައެލް ނަޑާލްފްރެންޗް އޯޕަން

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2022

ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް

16 ސެޕްޓެމްބަރު 2022
ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް
07 ޖޫން 2022

ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ

07 ޖޫން 2022
ވިމްބަލްޑަންގައި ނަޑާލް ނުފެނިދާނެ
05 ޖޫން 2022

ޒެވްރެވްއަށް ލިބުނު އަނިޔާ ސީރިއަސް

05 ޖޫން 2022
ޒެވްރެވްއަށް ލިބުނު އަނިޔާ ސީރިއަސް
23 މާރިޗު 2022

ނަޑާލް މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް!

23 މާރިޗު 2022
ނަޑާލް މަހެއްހާ ދުވަހަށް ކުޅުމާއި ދުރަށް!
30 ޖެނުއަރީ 2022

އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް

30 ޖެނުއަރީ 2022
އޮސްޓްރޭލިއަން އޯޕަން އާއެކު ޓެނިހުގެ ބޮޑު ރިކޯޑު ނަޑާލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް