Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

ގްރީން އަތުން ދަ ގްރާންޑޭއަށް ފުރަތަމަ މޮޅު

ދަ ގްރާންޑޭ މޮޅުވީ ގްރީން އަތުން 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 13:55
ގްރީން އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ދަ ގްރާންޑޭ މޮޅުވީ ގްރީން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް އޭގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 13 ވަނަ މިނެޓުގައި ގްރީނުގެ މުޙައްމަދު އައިހަމް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ދަ ގްރާންޑޭއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން މުޙައްމަދު ލަޔާން އަޙްމަދު ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ދަ ގްރާންޑޭގެ އިބްރާހީމް ނަޒީހަށް ގްރީނުގެ ގޯލްކީޕަރު އަލީ އަބާން މުޙައްމަދު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ދަ ގްރާންޑޭއިން ލީޑު ނަގާފައިވަނީ މެޗުގެ 37 ވަނަ މިނެޓުގައެވެ. އިބްރާހީމް ނަޒީހް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝިމާން އަބްދުލް ޝަކޫރެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭއިން ލީޑު ފުޅާކުރިއިރު، މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ރިމްހާން ގާސިމެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ މިލްހާން އިބްރާހީމް ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ ގްރީނުގެ ގޯލްކީޕަރު އަލީ އަބާން މުޙައްމަދެވެ. އެއާއެކު މެޗުގެ 79 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އައިހަމެވެ.

މި މޮޅާއެކު ދަ ގްރާންޑޭ އޮތީ ގްރޫޕް އޭގެ ފުލުން ދެވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އެ ޓީމަށް ވުރެ ކުރީގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިިރު، އެއްވަނައިގައި އޮތް އީގަލްސްއަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ގްރީނަށް ކުޅުނު ދެ މެޗުން އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޔޫތު ޗެމްޕިއަންޝިޕްކުލަބް ގްރީން ސްޓްރީޓްސްދަ ގްރާންޑޭ ސްޕޯޓްސް ކުލަބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމައިފި

ގްރީން ސްޓްރީޓްސް އިން ޓޮމް އަށް ތާއީދު ކުރަން ނިންމައިފި

25 ޖޫން 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު