Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއަރ ލީގު

ރިޒޭއާއި ފޭދޫ އިއްބެގެ މޮޅު ކުޅުމާއެކު، އީގަލްސްއަށް ފަސޭހަ މޮޅެއް

އީގަލްސްއިން ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރިހޯދީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 އޯގަސްޓު 2023 | ހޯމަ 14:10
އީގަލްސްއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

އީގަލްސްއާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

އަހުމަދު ރިޒްވާން (ރިޒޭ)އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ މޮޅު ކުޅުމާއެކު، ކްލަބް އީގަލްސްއިން ފަސޭހަކަމާއެކު ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 8-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުންވެސް އީގަލްސް މޮޅުވީ ތަފާތު ބޮޑު ސްކޯއަކުންނެވެ. އެ މެޗުން އީގަލްސް މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި އީގަލްސްއިން އަށް ލަނޑު ޖަހާފައިވާއިރު، އޭގެ ތެރެއިން ހަތަރު ލަނޑު ޖަހާފައިވަނީ ރިޒޭއެވެ. އަދި ފޭދޫ އިއްބެވެސް ވަނީ ހެޓްރިކް ހަދާފައެވެ. މެޗު ފެށުނީއްސުރެ މޮޅަށް ކުޅެ، މެޗުގެ ކޮންޓްރޯލް ހޯދަމުން ދިޔައީ އީގަލްސްއިންނެވެ. އެގޮތުން، މެޗު ފެށިގެން ހަ މިނެޓުގެ ތެރޭގައި ރިޒޭ ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ފޭދޫ އިއްބެ ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އެއަށްފަހު މެޗުގެ 14 ވަނަ މިނެޓުގައި އީގަލްސްގެ ޒުވާން ކުޅުންތެރިޔާ، ޒައިން ޒަފަރު ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދީފައެވެ.

އޭގެފަހުން، އީގަލްސްއިން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، ފަސް ލަނޑުގެ ފަރަގެއް ހޯދާފައެވެ. އެ ދެ ލަނޑު ޖެހީވެސް ރިޒޭއާއި ފޭދޫ އިއްބެއެވެ. ފުރަތަމަ ހާފު ނިމުނުއިރު އީގަލްސްއިން ވަނީ ފަސް ލަނޑުގެ ފަރަގަކާއެކު ކުރިހޯދާފައެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނެޓުގެ ތެރޭގައި ފޭދޫ އިއްބެ ވަނީ ލަނޑެއް ޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން، ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި އީގަލްސްގެ ފަހު ލަނޑު ޖަހައިދިނީވެސް ރިޒޭއެވެ. މިއާއެކު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީގަލްސްއަށް ހަތަރު ލަނޑު ޖަހައިދިން ކެޕްޓަން ރިޒޭއެވެ.

މިއީ ދިވެހި ޕްރިމިއަރ ލީގުގެ މި ސީޒަނުގައި މިހާތަނަށް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މީގެ ކުރިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ހޯދާފައިވަނީ މާޒިޔާއިންނެވެ. އެއީ، ލީގުގެ ފުރަތަމަ ބުރުގައި ޓީސީ ކައިރިން 6-0ން މޮޅުވި މެޗެވެ. މީގެ އިތުރުން، މި ސީޒަނުގައި އެއް މެޗުގައި އަށް ލަނޑު ޖެހުނު ފުރަތަމަ ޓީމަކީވެސް އީގަލްސްއެވެ. މީގެކުރިން އީގަލްސްއާއި މާޒިޔާއިން ވަނީ ހަތް ލަނޑު ޖަހާފައެވެ. އީގަލްސްއިން 7-3ން ސަސް ބަލިކޮށްފައިވާއިރު، މާޒިޔާއިން ވަނީ 7-2ން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފައެވެ.

މި މޮޅާއެކު އީގަލްސްއިން ވަނީ އަނެއްކާވެސް ވަގުތީ ގޮތުން އެއްވަނައަށް ޖެހިލާފައެވެ. ނުވަ މެޗު ކުޅެ، އީގަލްސްއަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. އަށް މެޗު ކުޅެފައިވާ މާޒިޔާއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ލީގުގައި މާޒިޔާއާއި އީގަލްސް ބައްދަލުކުރާ މެޗު އަދި އޮންނާނެއެވެ. މެޗުން މޮޅުވެގެން، އެއްވަނާގައި ހިފަހައްޓާލުމުގެ ފުރުސަތު އީގަލްސްއަށް ލިބޭނެއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުކުލަބު އީގަލްސްކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި

14 ޑިސެމްބަރު 2025
ވިކްޓަރީ އިން އީގަލްސްގެ މައްޗަށް ކުރި ހޯދައިފި
13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު