Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

އެމްއެންޕީއިން ކުރާ މަސައްކަތަކީ އެމްޑީޕީ އާއި ޕީޕީއެމް ނޫން ގޮތެއް ހޯދައިދިނުމަށް ކުރާ މަސައްކަތެއް - ރިޔާޒް

ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރުމަކީ އެމްއެންޕީގެ އަމާޒު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 06:59
އަބްދުއްﷲ ރިޔާޒް - ތިމަރަފުށީ ދާއިރާގެ މެމްބަރު

އަބްދުއްﷲ ރިޔާޒް - ތިމަރަފުށީ ދާއިރާގެ މެމްބަރު

އެމްއެންޕީއިން ކުރާ މަސައްކަތަކީ އެމްޑީޕީއާއި ޕީޕީއެމް ނޫން ގޮތެއް ރައްޔިތުންނަށް ހޯދައިދިނުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން މަސައްކަތް ކުރަނީ އެ ޕާޓީއަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގޭތީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ގޮނޑި ހޯދައި ދޭން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ޖަލްސާއެއްގައި ހޮނިހިރު ދުވަހުގެ ރޭ ޝިފާޒު ވިދާޅުވީ އެމްއެންޕީގެ އިސް ބޭފުޅުންނަކީ ކުރިން ސަރުކާރަށް ތާއީދު ކުރެއްވި ބޭފުޅުން ކަމަށާއި، ބައި އިލެކްޝަންގެ ކެމްޕޭނާއެކު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރަނގަޅަށް ކުރާ އެއްވެސް ކަމެއް އެމްއެންޕީގެ ވެރިންނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމްއެންޕީން މިހާރު މަސައްކަތް ކުރަނީ ޕީޕީއެމަށް ގޮނޑި ހޯދައިދޭން ކަމަށް ޝިފާޒު ވިދާޅުވިއެވެ. ޝިފާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާޒު ވިދާޅުވީ އެމްއެންޕީގެ އަމާޒު ވަރަށް ސާފު ކަމަށެވެ. އެ ޕާޓީން މިވަގުތު ހުރިހާ ކަމެއްވެސް ކުރަމުން ދަނީ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީހަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ ގޮތްތަކެއް ހޯދަން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަނެއް 2 ކެޑިޑޭޓް ބަލިކޮށް އިންތިޚާބު ކާމިޔާބުކުރާނެ ކަމަށާއި، ފުދުންތެރި ރައްޔިތެއް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރުމަކީ އެމްއެންޕީގެ އަމާޒު ކަމުގައި ރިޔާޒު ވިދާޅުވިއެވެ. އަދި ހައްގު މިންވަރު ހޯދައި ދިނުމަށް ވަކާލާތުކުރުމާއި، އެމްޑީޕީ ނުވަތަ ޕީޕީއެމް ނޫންގޮތެއް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުވަނީ ކެމްޕެއިންގެ ތެރެއިން ކުރީގެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށްވެސް ރައްދު ދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާގެ ފުރުސަތު ދިނުމުގައި އެ ޕާޓީގެ މެމްބަރުންނަށް އިސްކަން ދެއްވާނެ ކަމަށެވެ. މިއަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ، 2023 ގައި ދިވެހިރާއްޖޭގެ ރައީސްކަމަށް ރައްޔިތުން އިންތިޚާބު ކުރާނީ ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއްނެތި ހަމަޔާއި އިންސާފަށް ވެެރިކަންކުރާނެކަމަށް ޤަބޫލްކުރެވޭ ބޭފުޅެއް ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން އެފަދަ މީހަކު އެމްއެންޕީއިން ރައްޔިތުންނަށް ދައްކާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއީރާގެ ބައި އިލެކްޝަނަށް ކުރިމަތިލާފައިވާ ތިން ޕާޓީންވެސް އަންނަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. އިންތިޚާބު އޮންނާނީ ފެބްރުއަރީ 5 ގައެވެ.

އެމްއެންޕީކޮމަންޑޫ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް

04 ސެޕްޓެމްބަރު 2025
މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

މަޖިލީހުގައި ޕާޓީ ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީއަށް ގެއްލިއްޖެ

21 ނޮވެމްބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ނާޒިމްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު