Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެމްބެލޭ ޔުނައިޓެޑަށް ބަދަލުވުން

ޑެމްބެލޭ ހޯދުމުގެ ރޭހަށް ޔުނައިޓެޑް

ޔުނައިޓެޑުން އޮތީ ޑެމްބަލޭ ހޯދުމަށް 20 މިލިއަން ޕައުންޑް ޚަރަދު ކުރުމަށް ތައްޔާރަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 15:16
ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ހޯދަން މެންޗެސްޓާ ޔުނައިޓެޑުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑެމްބަލޭ ހޯދަން އިނގިރޭސި ތިން ކްލަބަކުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޔުނައިޓެޑްގެ އިތުރުން ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑްވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން އޮތީ ޑެމްބަލޭއަށް ހަފްތާއަކު 480،000 ޕައުންޑްގެ މުސާރައެއް ދޭން ތައްޔާރަށެވެ. އަދި ޑެމްބަލޭ ގަތުމަށް ޔުނައިޓެޑުން 20 މިލިއަން ޔޫރޯ ޚަރަދުކުރާނެކަމަށް ބެލެވެއެވެ. މިއީ ނިއުކާސަލް ޔުނައިޓެޑުން ޑެމްބަލޭގެ ސޮއި ހޯދުމަށް ޚަރަދުކުރާނެ އަދަދަށްވުރެ ފަސް މިލިއަން ބޮޑު އަދަދެކެވެ. އަދި ޔުނައިޓެޑުން މިހާރު ބާސާއާއެކު މަޝްވަރާތައް ފަށާފައިވާއިރު، އަންނަ އަހަރުގެ ހޫނު މޫސުމުގައި ޑެމްބެލޭއަށް ހިލޭ ކުލަބު ބަދަލު ކުރެވޭނެތީ، ޖެނުއަރީ މަހު އޭނާ ވިއްކާލަން ބާސާ އޮތީ ތައްޔާރަށް ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޑެމްބެލޭއަކީ އޭނާ ބާސާއަށް ގެނައިރު ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް ފޯވާޑެވެ. އެކަމަކު އަނިޔާގެ ސަބަބުން އެއް ފެންވަރެއްގައި އޭނާއަށް ހިފަހައްޓާލެވިފައި ނުވާއިރު، މިހާތަނަށް ބާސާއަށް ކުޅެދިން 118 މެޗުގައި ޑެމްބެލޭއަށް ކާމިޔާބުކުރެވިފައިވަނީ 30 ލަނޑެވެ.

މި ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން އެ ޓީމުގެ ސްކޮޑު ވަރުގަދަކުރަން މަސައްކަތް ކުރަމުން އަންނައިރު އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކް ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ޑެމްބަލޭއަކީ މުހިންމު ކުޅުންތެރިއެކެވެ. އެހެންނަމަވެސް ޑެމްބަލޭގެ ސޮއި ހޯދުމަށް ޔުނައިޓެޑަށް އޮތް އެންމެ ބޮޑު ހުރަހަކީ ނިއުކާސަލްއިން ކޮށްފައިވާ ބިޑް ބޮޑު ކޮށްފިނަމަ ބާސާއިން އޭނާ ވިއްކާލުން އެންމެ ގާތީ ނިއުކާސަލް ކަމަށް ވުމެވެ.

އޮސްމާނޭ ޑެމްބެލޭމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު