Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން

ކޮމަންޑޫ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ ރައްޔިތުންގެ އިތުބާރު ރައީސަށް އޮތްކަން ބޭރު ދުނިޔެއަށް ދެއްކޭނެ ހެތްކެއް – ގާސިމް

ރައްޔިތުން ސަރުކާރަށް އިތުބާރު ކުރާނަމަ ބޭރު ދުނިޔެއިން އެކަން ބަލައިގަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖެނުއަރީ 2022 | ހޮނިހިރު 13:05
ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ

ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުންނަށް ގާނޫނު އަސާސީ ބަދަލުކުރެވޭ ވަރަށް މެންބަރުން ތިބި ނަމަވެސް، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވުމަކީ ރައީސް ސޯލިހަށް ރައްޔިތުން އިތުބާރު ކުރައްވާކަން ބޭރު ދުނިޔެއަށް ދެއްކޭނެ ހެތްކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކޮމަންޑޫގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ, ކޮމަންޑޫގެ ގޮނޑި ކާމިޔާބުވެގެން ދިއުމަކީ ބޭރުގެ ގައުމުތަކުން އެހީތަކާއި، މަދަދު ލިބުމުގައި ދިވެހި ސަރުކާރާ އޮތް ގާތްކަން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ރަނގަޅެއް ކަމަށާއި، ގައުމެއްގައި ހުރި ވެރިއަކާ ދޭތެރޭގައި ގައުމުގެ ރައްޔިތުންގެ އިތުބާރު ނެތްކަމާއި، ގަދަރެއް ނުކުރާކަމާއި، ވެރިކަން ކުރާ ޕާޓީއަކީ އެއްވެސް ބައެއް ނޫންކަމުގައި ވާނަމަ އެހީ ނުލިބޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް 2 އަހަރު ވެސް ވެރިކަމުގައި ހުންނަވާނީ ރައީސް ސޯލިހު ކަމަށާއި، ރައްޔިތުންނަށް އޮތް ވާޖިބަކީ އެމަނިކުފާނަށް ވެރިކަން ކުރައްވަން ފަހިކޮށްދެއްވުން ކަމަށެވެ.

ގާސިމް ވިދާޅުވީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅުވާލުމަކީ އެއަރޕޯޓަކަށްވުރެ މާބޮޑު ނިއުމަތެއް ކަމަށެވެ. އަދި މިތަނުގެ ތިން ރަށް ފަތުރުވެރިކަން ކުރާ ރިސޯޓްތަކަށް ބަދަވުގެން ދިއުމުން، ރަށުގެ އެތަކެއް ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށެވެ.

އަދި ދެ ކޮމަންޑޫ ގުޅުވާލައި, ތަރައްގީ ފެނިގެން ދިއުމުން، މާލޭގައި ތިބި ކޮމަންޑޫ ރައްޔިތުން ވެސް އެނބުރި ރަށަށް އަންނާނެ ކަމަށާއި، ގެސްޓް ހައުސްތަކާއި އެހެންވެސް ގޮތް ގޮތުން އާމްދަނީ ލިބޭނެ ގޮތްތައް ވެގެންދާނެ ކަމަށެވެ. އަދި ވޭތުވެދިޔަ 50 ވަރަކަށް އަހަރު ކޮމަންޑޫ ރައްޔިތުންނަށް ގެއްލިފައިވާ ތަރައްގީތައް އަންނާނީ މަތިމައްޗަށް ބަރުތީލަވެގެން ކަމަށެވެ. އަދި އެކަން ވުމަށްޓަކައި ދާއިރާގެ ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ރައީސް ސޯލިހަށް އިތުބާރު ކުރައްވާކަން ބަހާއި އަމަލުން ދައްކަވަންޖެހޭ ކަމަށެވެ.

ށ.ކޮމަންޑޫކޮމަންޑޫ ދާއިރާކޮމަންޑޫ ބައި އިލެކްޝަންށ. ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅުވާލުން

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
07 އޯގަސްޓު 2023

މަތިކޮމަންޑޫ ބިން ހިއްކާ ނިންމާލައިފި

07 އޯގަސްޓު 2023
މަތިކޮމަންޑޫ ބިން ހިއްކާ ނިންމާލައިފި
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު