Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ވެލެންސިއާ އަތުން ޔޫވީއަށް މޮޅެއް

28 ޖެނުއަރީ 2022 | ހުކުރު 14:22

ވެލެންސިއާ އަތުން ޔޫވީ މޮޅުވީ 3-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 28 ޖެނުއަރީ 2022 | ހުކުރު 14:22
ޔޫވީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫވީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގައި ވެލެންސިއާގެ މައްޗަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ކުރި ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު ޔޫވީން ޔޫވީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 20 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ފާސިރެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީގެ ޒައިޝާން އަޝްރަފް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެވަނަ ހާފުގައި ޔޫވީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ވެލެންސިއާގެ ގޯލަށް ނުރައްކާކުރިއިރު، މެޗުގެ 52 ވަނަ މިނެޓުގައި ޔޫވީން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް ރަޙްމާން ތިބްޔާންއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ޒައިޝާން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުން ޔޫވީ މޮޅުކޮށްދީފައެވެ.

މި މުބާރާތުގައި ޔޫވީން ކުޅުނު ފުރަތަމަ މެޗުގައި މަހިބަދޫ އަތުން ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުން ޓީސީ އަތުން 4-3 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް މި ފަހަރު ކުރިއަށްގެންދަނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެންނެވެ. މީގެ ކުރިން މި މުބާރާތް 21 އަހަރުން ދަށަށް ޚާއްސަކޮށްގެން ބާއްވަމުން އައިރު، މި ފަހަރުގެ ކުރިން 19 އަހަރުން ދަށަށް ޚާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ.

ޔޫތު ޗެމްޕިއަންޝިޕްކުލަބު ވެލެންސިއާޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް