Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ ޤާނޫނީ ހުސްކަމެއްގައި

އޭސީސީ ޤާނޫނީ ހުސްކަމެއްގައި އޮއްވައި އިތުރު 58 މައްސަލަ ހުށައަޅާފައިވޭ

27 ޖެނުއަރީ 2022 | ބުރާސްފަތި 08:38

ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2022 | ބުރާސްފަތި 08:38
އޭސީސީއަށް އެންމެ ފަހުން އައްޔަނު ކުރެއްވި މެމްބަރުން ހުވާކުރެއްވުމުގެ ތެރެއިން- ހުރިހާ މެމްބަރުންވެސް މިހާރު ވަނީ އިސްތިއުފާ ދެއްވާފައި

އޭސީސީއަށް އެންމެ ފަހުން އައްޔަނު ކުރެއްވި މެމްބަރުން ހުވާކުރެއްވުމުގެ ތެރެއިން- ހުރިހާ މެމްބަރުންވެސް މިހާރު ވަނީ އިސްތިއުފާ ދެއްވާފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައި، އެ ކޮމިޝަން ޤާނޫނީ ހުސްކަމަކަށް ދިޔަ ފަހުންވެސް އިތުރު 58 މައްސަލަ އެކި ފަރާތްތަކުން ކޮމިޝަނަށް ހުށައަޅައިފިއެވެ.

އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އެގޮތުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނާއިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ.

Advertisement - newsAdvertisement

މިބޭފުޅުން އިސްތިއުފާ ދެއްވުމުގެ ކުރީގައި މެންބަރު އިބްރާހިމް ޝަކީލާއި މެންބަރު އަލީ އަޝްރަފް ވަނީ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމުމާއެކު އިސްތިއުފާ ދެއްވާފައެވެ.

އޭސީސީ ޤާނޫނީ ހުސްކަމަކަށް ދިޔަ ފަހުންވެސް އެކި ފަރާތްތަކުން ގެންދަނީ ކޮރަޕްޝަނާއި ގުޅުން ހުރި މައްސަލަތައް އެ ކޮމިޝަނަށް ހުށައަޅަމުންނެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި 58 މައްސަލަ އޭސީސީއަށް ހުށައެޅިފައިވާކަމަށް ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެހެންނަމަވެސް، މައްސަލަތައް ބެލުމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުގެ މެމްބަރުންކަމަށްވުމާއެކު، އެ މައްސަލަތައް ދަނީ ކޮމިޝަނުގައި ފުނިޖެހެމުންނެވެ. މިވަގުތު ކޮމިޝަނުގައި ކުރިއަަށްދަނީ ހަމައެކަނި އިދާރީ ގޮތުން ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް އެކަންޏެވެ.

އޭސީސީގެ މެމްބަރުންގެ ޕާފޯމެންސް އޮޑިޓެއް ހަދައި އޮޑިޓް ރިޕޯޓާއި ގުޅިގެން މެމްބަރުން ވަކިކުރުމުގެ ކުރިން ޖަވާބުދާރީ ވުމަށް އޭސީސީގެ މެމްބަރުންނަށް 5 ދުވަހުގެ މުއްދަތެއް ދިނެވެ. އެއަށްފަހު އޭސީސީގައި އޭރު ތިއްބެވި މެމްބަރުންވެސް ވަކިކުރުމަށް ކޮމިޓީން ނިންމީއެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށްޓަކައި، އެކުލަވާލި އޮޑިޓްގައި ހިމެނޭ ކަންކަމުގެ މައްޗަށް ތައްޔާރު ކުރެވުނު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި 10 ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވަނީ އޭސީސީގެ މެމްބަރުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވި، ޒިންމާ އަދާ ނުކުރެވިފައި ވާކަމަށެވެ. މަސައްކަތް ކުރުމަށް މުއްދަތުތައް ދީ، އެ މުއްދަތުތައް ފަހަނައަޅައި ދިޔައިރު ވެސް މަސައްކަތްތައް ނިމިފައިނުވާ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ ތަފާތު އެކި ޓައިމްލައިންތައް އޭސީސީގެ މެމްބަރުން ކޮމިޓީއަށް ހުށަހަޅުއްވައިގެން ވެސް އެޓައިމްލައިންތަކާއި އެއްގޮތަށް މަސައްކަތްތައް ނިންމާފައިނުވާކަމަށެވެ. މައްސަލަތައް ތަހުގީގުކުރަމުން އަންނަ އިންވެސްޓިގޭޓަރުން އެމައްސަލަތައް ގަޑިއަށް ނުނިންމުމުން ދެން ކުރާ ކަމެއް އަޅާ ފިޔަވަޅެއް ނެތްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ގެންދަނީ ހުރިހާ މިނިވަން މުއައްސަސާއެއްގެ ވެސް ޕާފޯމެންސް އޮޑިޓެއް ހަދަމުން ކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ކޮމިޓީގެ މަސްއޫލިއްޔަތަކީ ކޮމިޝަންތަކުގެ މެމްބަރުން ރަނގަޅަށް މަސައްކަތްނުކުރާނަމަ އެކަންކަން ބެލުންކަމަށް މެމްބަރުން ވިދާޅުވިއެވެ.

އޭސީސީއެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް
17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
28 އޮކްޓޯބަރު 2025

ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް

28 އޮކްޓޯބަރު 2025
ނިމިފައިވާ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރާ މައްސަލަ އޭސީސީ އަށް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
19 އޮކްޓޯބަރު 2025

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް