Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނަތުގެ މައްސަލަ

އާރަށު ހިޔާނަތުގެ ޝަރީއަތުގެ ތާވަލު ހިއްސާކޮށްފި، ޙުކުމް ކުރުން ނޮވެމްބަރު ފަހުކޮޅު

ގާޒީ ގެންދަވަނީ ކުރިއަށް އޮތް އަޑުއެހުންތައް އޮންނާނެ ތާރީޚުތައް ކުރީބައިގައި ވިދާޅުވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 06:49
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވަނީ ދައ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާނެ ގޮތުގެ ތާވަލު ދައުލަތާއި ދިފާއަށް ހިއްސާކޮށްފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ދެފަރާތަށްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާ ކުރިއަށްދާނެ ތަނެއް އޮތް ކަމަށް ފަނޑިޔާރު ނިންމަވައިފިނަމަ، އެ ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލު ކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައިވެއެވެ.

ގާޒީ ޝަކީލް ވަނީ އެ އުސޫލުގެ މަތިން ދައުވާއަށް އިންކާރުކުރާ ޙާލަތެއްގައި ޝަރީއަތް ކުރިއަށްދާނެ ގޮތުގެ ތާވަލު ދެފަރާތަށް ހިއްސާ ކުރައްވާފައެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެއެވެ. އެއީ މި މައްސަލައިގެ ދައުވާލިބޭ ޔޫސުފް ނައީމްއަށް ދައުވާ އިއްވުމުގެ ބައި ކުރިއަށް ގެންދިއުމަށް ބާއްވާ އިބްތިދާއީ އަޑުއެހުމެކެވެ. އެއަށްފަހު ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާއި 24 ވަނަ ދުވަހުވެސް އިބްތިދާއީ އަޑުއެހުންތަކެއް ވަނީ ތާވަލު ކޮށްފައެވެ.

މި ހުރިހާ އަޑުއެހުމެއްވެސް އޮންނާނީ ހެނދުނު 09:30 ގައެވެ.

މާރޗް މަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައިވެއެވެ. އެގޮތުން މާރޗު މަހުގެ 15 ވަނަ ދުވަހާއި، އޭޕްރީލް މަހުގެ 14 އަދި މެއި މަހުގެ 15 ވަނަ ދުވަހު މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ވަނީ ތާވަލުކޮށްފައެވެ. ގާޒީ ވިދާޅުވީ، ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ، މެއި މަހުގެ 15 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިމިގެންދާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެއަށްފަހު ޖޫން މަހުގެ 26 ވަނަ ދުވަހު މި މައްސަލައިގެ ޝަރީއަތް ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

މީގެއިތުރުން، ޖުލައި މަހުގެ 1 ވަނަ ދުވަހު ހެކިބަސް ނެގުމުގެ ބައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. އެއަށްފަހު ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ހެކިބަހާއިގުޅޭގޮތުން 4 އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ. އެއީ ސެޕްޓެމްބަރު 1،15،21 އަދި 24 ވަނަ ދުވަހެވެ. އެއަށްފަހު އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ޚުލާސާ ބަޔާން އިއްވުމަށް ތާވަލު ކޮށްފައިވާއިރު، މި ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި މައްސަލައިގެ ޙުކުމް ކުރެއްވުން އޮންނާނީ ނޮވެމްބަރު މަހުގެ 25 ހިސާބުގައިކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ފެށުނީއްސުރެ ގާޒީ ގެންދަވަނީ ކުރިއަށް އޮތް އަޑުއެހުންތައް އޮންނާނެ ތާރީޚުތައް ކުރީބައިގައި ވިދާޅުވަމުންނެވެ. އެހެންނަމަވެސް، އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީނުގެ މައްސަލަތައް ސިޔާސީ އެކި ކަންކަމާއި ގުޅުވައިގެން ކުއްލިއަކަށް ތާވަލުކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމަކީވެސް އެމަނިކުފާނު ކޮމަންޑޫއަށް ކެމްޕޭނަށް ވަޑައިގަންނަވަން އުޅުއްވާތީ ތާވަލު ކުރެއްވި އަޑުއެހުމެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް، އެ އަޑުއެހުން އޮންނާނެކަންވެސް މާ ކުރިން އޮތީ ދިފާއަށާއި ދައުލަތަށް އަންގާފައެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު