Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ވެލެންސިއާ އަތުން ޓީސީއަށް މޮޅެއް

ޓީސީ މޮޅުވީ ވެލެންސިއާ އަތުން 4-3 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖެނުއަރީ 2022 | އަންގާރަ 20:00
ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ވެލެންސިއާ އަތުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޓީސީ މޮޅުވީ ވެލެންސިއާ އަތުން 4-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓީސީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ) އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ކެޕްޓަން އައިހަމް ހަމްދޫނަށް ވެލެންސިއާގެ ގޯލްކީޕަރު މޫސާ އައްޔާން ހުސައިން ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ޔޫސުފް ޝައިފް ނަގައިދިން ކޯނަރުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަޒޫމް އަލީއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިން އުމަރު މޫސާއެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ އާދަމް ސިޔާނަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ޓީސީން ވަނީ މި މެޗުގައި އަލުން ލީޑު ފުޅާކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަތަރު މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހުމާން އަބްދުލް ހަމީދެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ފަހުމާން ވަނީ ޓީސީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

އެކަމަކު އޭގެ ފަހުން ވެލެންސިއާއިން ވަނީ މެޗުގެ އިތުރު ވަގުތުގައި ގާތްގާތުގައި ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެގޮތުން އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އީގާން އަބްދުލް މަޖީދު ވަނީ ވެލެންސިއާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ވެލެންސިއާއަށް ފަރަގު ކުޑަކޮށްދިނީ އާމިންއެވެ.

މި މޮޅާއެކު ޓީސީން ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން ރަނގަޅުކުރިއިރު، އެ ޓީމު ހިމެނޭ ގްރޫޕް ބީގައި ކޮންމެ ޓީމަކުން މިހާރު ވަނީ މެޗެއް ކުޅެފައެވެ. އެގޮތުން މި ގްރޫޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މަހިބަދޫ ސްޕޯޓްސް ކުލަބުން ވަނީ ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް ޓީސީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މަހިބަދޫ އާއި ޔޫވީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ވެލެންސިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ޔޫތު ޗެމްޕިއަންޝިޕްޓީސީ ސްޕޯޓްސް ކުލަބުކުލަބު ވެލެންސިއާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު