Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޝިއަލް ސެވިއްޔާއަށް ބަދަލުވުން

ލޯނު އުސޫލުން މާޝިއަލް ސެވިއްޔާއަށް

25 ޖެނުއަރީ 2022 | އަންގާރަ 14:48

ލޯނު އެއްބަސްވުމެއްގެ ދަށުން މާޝިއަލް ދޫކުރާނީ ހަމައެކަނި މި ސީޒަނަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ޖެނުއަރީ 2022 | އަންގާރަ 14:48
ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް

ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އެންތަނީ މާޝިއަލް ސްޕެއިނުގެ ސެވިއްޔާއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން މިހާރު 26 އަހަރުގެ މަޝިއަލް ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، 36 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެ ފަހަރު އޭނާ ވަނީ ޔުނައިޓެޑާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މާޝިއަލް ވަނީ ޔުނައިޓެޑުގެ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކޮށްފައެވެ. އެހެންކަމުން ޔުނައިޓެޑާއެކު މާޝިއަލް މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރުގެ ހޫނު މުސުމުގައެވެ.

ފްރާންސްގެ ލިޔޯނުން ކެރިއަރު ފަށައި މޮނާކޯއަށްވެސް ކުޅުނު މާޝިއަލް ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 269 މެޗުގައި 79 ލަނޑު ޖަހާފައެވެ. އެކަމަކު މި ފަހަކަށް އައިސް މާޝިއަލަށް ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން އޭނާއަށް ވަނީ މަދުވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުން މިހާރު ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނަށް މާޝިއަލް ސެވިއްޔާއަށް ދޫކޮށްލަން އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން ސެވިއްޔާއިން ޔުނައިޓެޑަށް ފަސް މިލިޔަން ޕައުންޑުގެ ފީއެއް ދައްކާއިރު، މި މުއްދަތުގައި މާޝިއަލްގެ މުސާރަވެސް ދައްކާނީ އެ ކުލަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މާޝިއަލް މިހާރު ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް ހަފުތާއަކު 150،000 ޕައުންޑުގެ މުސާރައެއް ލިބެއެވެ.

ލޯނު އުސޫލުން މާޝިއަލް ސެވިއްޔާއަށް ބަދަލުވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު ހަ ސީޒަން ހޭދަކޮށްފައެވެ. އަދި މި މުއްދަތުގައި އޭނާ ވަނީ އެ ޓީމާއެކު އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި މާޝިއަލް ވަނީ ގައުމީ ޓީމަށް ކުޅުނު 30 މެޗުގައި ދެ ލަނޑު ޖަހާފައެވެ.

އެންތަނީ މާޝިއަލްސެވިއްޔާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2025

ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

06 އޮކްޓޯބަރު 2025
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
23 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް

23 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، ރެއާލް ދެ ވަނަ އަށް
09 ޑިސެމްބަރު 2024

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި

09 ޑިސެމްބަރު 2024
ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނައިގައި
21 އޮކްޓޯބަރު 2024

ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި

21 އޮކްޓޯބަރު 2024
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާ އިން މަޤާމު ދަމަހައްޓައިފި
08 ޖޫން 2024

ސެވިއްޔާ އާއެކު މަޝްވަރާ ކުރިން: ސާރީ

08 ޖޫން 2024
ސެވިއްޔާ އާއެކު މަޝްވަރާ ކުރިން: ސާރީ
07 މެއި 2024

ގްރަނަޑާ ކައިިރިން ސެވިއްޔާ އަށް މޮޅެއް

07 މެއި 2024
ގްރަނަޑާ ކައިިރިން ސެވިއްޔާ އަށް މޮޅެއް
24 ޑިސެމްބަރު 2023

ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނަ އަށް ޖެހިލައިފި

24 ޑިސެމްބަރު 2023
ސެވިއްޔާ ބަލިކޮށް، އެތުލެޓިކޯ ތިން ވަނަ އަށް ޖެހިލައިފި
11 އޮކްޓޯބަރު 2023

ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް، އުރުގުއޭގެ ކުރީގެ ކޯޗު އަލޮންސޯ ހަމަޖައްސައިފި

11 އޮކްޓޯބަރު 2023
ސެވިއްޔާގެ ކޯޗުކަމުގެ މަގާމަށް، އުރުގުއޭގެ ކުރީގެ ކޯޗު އަލޮންސޯ ހަމަޖައްސައިފި
09 އޮކްޓޯބަރު 2023

ސެވިއްޔާގެ ކޯޗުކަމުން މެންޑިލިބާ ވަކިކޮށްފި

09 އޮކްޓޯބަރު 2023
ސެވިއްޔާގެ ކޯޗުކަމުން މެންޑިލިބާ ވަކިކޮށްފި
11 އޯގަސްޓު 2023

ރެއާލްއިން މޮރޮކޯ ކީޕަރު ޔާސީން ބޫނޫ ގަންނަނީ

11 އޯގަސްޓު 2023
ރެއާލްއިން މޮރޮކޯ ކީޕަރު ޔާސީން ބޫނޫ ގަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް