Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޭސް މެނޭޖްމަންޓް ރިޕޯޓް

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދަށު ކޯޓުތަކަށް ނިންމުނު މައްސަލަތައް، އޭގެ ކުރީއަހަރާ އަޅާބަލާއިރު ގިނަ

2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2022 | އަންގާރަ 12:12
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުން

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުން

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދަށު ކޯޓުތަކަށް ނިންމުނު މައްސަލަތައް އޭގެ ކުރީއަހަރާ އަޅާބަލާއިރު ގިނަކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފިއެވެ.

2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި ޝަރުއީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ މައުލޫމާތާއި، 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގައި ކޯޓުތަކަށް ހުރި މައްސަލަތަކުގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ދިރާސީ ވިސްނުމަކުން އެކުލަވާލާފައިވާ ޝަރުއީ ދާއިރާގެ 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރގެ ކޭސް މެނޭޖްމަންޓް ރިޕޯޓް ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާ އަޅާ ބަލާއިރު، 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް ނިންމި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެހެންނަމަވެސް، ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ 20 އިންސައްތަ އިތުރުވެފައެވެ. އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ 15 އިންސައްތަ ދަށްވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރގައި މެޖިސްޓްރޭޓު ކޯޓުތަކަށް 2995 މައްސަލަ ހުށަހެޅިފައިވާއިރު، 2021 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މެޖިސްޓްރޭޓު ކޯޓުތަކަށް ޖުމްލަ 2554 މައްސަލައެއް ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދަށު ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ އާއިލީ ބާވަތުގެ މައްސަލަތައްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 51 އިންސައްތަ މައްސަލައަކީ އާއިލީ މައްސަލަތަކެވެ. އަދި 15 އިންސައްތައަކީ ޖިނާއީ މައްސަލަތަކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުންނެވެ. ދެވަނައަށް ފެމިލީ ކޯޓު ހިމެނޭއިރު، ތިންވަނައަށް ހިމެނެނީ ޑްރަގް ކޯޓެވެ.

އޭގެ އިތުރުން، ތިންވަނަ ކުއާޓަރގައި ސުޕީރިއަރ ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓަށް ބަލާއިރު، ފެމެލީ ކޯޓު ފިޔަވާ ދެން ހުރި ހުރިހާ ކޯޓުތަކެއްގެ ކޭސް ކްލިއަރެންސް ރޭޓް %100 އަށްވުރެ މަތީގައި ހުރިކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ކޯޓުތަކުގެ އަހަރުވެފައިވާ މައްސަލަތަކުގެ އިންސައްތަ ވަނީ %30ށް %32ށް އިތުރުވެސް ވެފައެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ތިންވަނަ ކުއާޓަރގައި، އެންމެ ގިނަ މައްސަލަ ސ އަތޮޅަށް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ މައްސަލަ ނިންމާފައިވަނީވެސް ސ އަތޮޅަށް ނިސްބަތްވާ ކޯޓުތަކުންނެވެ. ސ. އަތޮޅު ފިޔަވައި، މި މުއްދަތުގައި ދެން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު، ހދ، ރ، ކ، ލ އަދި ގދ އަތޮޅަށް ނިސްބަތްވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. އަދި މުއްދަތުގައި އެންމެ ގިނަ މައްސަލަ ނިންމި އަތޮޅުތަކުގެ ތެރޭގައިވެސް އެ އަތޮޅުތައް ހިމެނޭއިރު، އެ އަތޮޅުތަކަކީ އާބާދީގެ ގޮތުން މީހުން ގިނަ އަތޮޅުތަކެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު އަވަސްކަމާއެކު އަދުލު އިންސާފު ލިބިގެންދާނެ - ރިޒްނާ

27 އެޕްރީލު 2024
ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް އަދި ހަތަރު މަހެއްހާ ދުވަސް ނަގާނެ: ޑީޖޭއޭ

04 އެޕްރީލު 2024
މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ މަހު 8ގައި

21 މާރިޗު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު