Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫތު ޗެމްޕިއަންޝިޕް

މަހިބަދޫން ފަހު ވަގުތު ޔޫވީއާ އެއްވަރުކޮށްފި

މަހިބަދޫ އާއި ޔޫވީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2022 | ހޯމަ 20:27
މަހިބަދޫ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

މަހިބަދޫ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ހޯމަ ދުވަހުގެރޭ މަހިބަދޫ ސްޕޯޓްސް ކުލަބުން ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ ޔޫވީއާ އެއްވަރުކޮށްފިއެވެ.

ގްރޫޕް ބީގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ފަހަރުގެ މުބާރާތުގެ ގްރޫޕް ބީގައި ހަތަރު ޓީމެއް ހިމެނޭއިރު، މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ އިތުރުން މަހިބަދޫއެވެ. މި ފަހަރުގެ މުބާރާތުގައި މަހިބަދޫ ވާދަކުރާއިރު، އެ ޓީމުން މީގެ ކުރިންވެސް ވަނީ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކޮށްފައެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ޔޫވީން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، މި ހާފުގެ ކުރީކޮޅު ލަނޑެއް ޖަހަން އެ ޓީމުގެ އަލްހިމް ފަލާހު ޝަރީފަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރޭގައި ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ މަހިބަދޫގެ ގޯލްކީޕަރު މުޙައްމަދު އިގްޔާން އިގްބާލް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

އޭގެ ތިން މިނެޓު ފަހުން ޔޫވީއަށް އަނެއްކާވެސް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެ ޓީމުގެ އާލީ މީސާގް އީސާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. އެކަމަކު މި މެޗުގެ ފުރަތަމަ ހާފުގައި ޔޫވީން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ލަމާން ޒުހައިރު ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މީސާގެވެ.

އޭގެ ފަހުން މަހިބަދޫން ކުޅުން ރަނގަޅުކުރިއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމުގެ ހަސަން ނާއިމް ފޮނުވާލި ހަމަލާ ޔޫވީގެ ގޯލްކީޕަރު އަލީ ޝައިބާން ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ޖަހަން މަހިބަދޫން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. މެދު ރޮނގު ކައިރިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އިޝްފާގް ހަސަން މަޖީދެވެ.

މި މެޗުން މަހިބަދޫ އާއި ޔޫވީ އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ އަނެއް ދެ ޓީމަކީ ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާއެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެރެއެވެ.

ޔޫތު ޗެމްޕިއަންޝިޕްމަހިބަދޫ ސްޕޯޓްސް ކުލަބުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު