Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ޗެމްޕިއަން އީގަލްސްއަށް ރަނގަޅު ފެށުމެއް

24 ޖެނުއަރީ 2022 | ހޯމަ 14:33

ސަސް އަތުން އީގަލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ޖެނުއަރީ 2022 | ހޯމަ 14:33
ސަސް އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ސަސް އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް މޮޅުވެއްޖެއެވެ.

މި ފަހަރުގެ މުބާރާތުގައި ނުވަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ފުރަތަމަ ޑިވިޝަންގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކުލަބެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން ސަސް އަތުން އީގަލްސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ސަސްގެ އަޙްމަދު ޖުމާން ފޮނުވާލި ބޯޅައެއް އީގަލްސްގެ ގޯލްކީޕަރު ޝައިހާން އަލީ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ އަށްވަނަ މިނެޓުގައި އީގަލްސްގެ އަބްރާހީމް ޝަރީފް އަޙްމަދު ހުރަސްކޮށްދިން ބޯޅައަކުން، އެ ޓީމުގެ ކެޕްޓަން ހުމައިދު ހުސެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގެ 18 ވަނަ މިނެޓުގައި ސަސްގެ އަލީ ޝާޒް ހަބީބް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާވެސް އީގަލްސްގެ ގޯލްކީޕަރު ޝައިހާން ދިފާއުކުރިއެވެ. އެއާއެކު މެޗުގެ 33 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލީޑު ނަގާފައެވެ. އިސްމާޢީލް ސައިފް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ސަމާހު މޫސާ ފަތުހީއެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް މާ ގިނަ ހަމަލާތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި އީގަލްސްގެ މުޙައްމަދު ސަމާހަށް ރަނގަޅަށް ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާ ވަނީ ސަސްގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ގެ އަތުގައި ޖެހުމަށްފަހު އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މޮޅާއެކު އީގަލްސްއިން މި ފަހަރުގެ މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތްވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުންނެވެ. އެ ފަހަރުގެ މުބާރާތް ސައްތައިން ސައްތަ ރިކޯޑަކާއެކު އީގަލްސްއިން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ މިހާތަނަށް ހަތަރު ފަހަރު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް މި ފަހަރު ކުރިއަށްގެންދަނީ 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެންނެވެ. މީގެ ކުރިން މި މުބާރާތް 21 އަހަރުން ދަށަށް ޚާއްސަކޮށްގެން ބާއްވަމުން އައިރު، މި ފަހަރުގެ ކުރިން 19 އަހަރުން ދަށަށް ޚާއްސަކޮށްގެން ޔޫތު ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުލަބު ގްރީން ސްޓްރީޓްސްއިންނެވެ.

ޔޫތު ޗެމްޕިއަންޝިޕްކުލަބު އީގަލްސްސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް)

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
29 ސެޕްޓެމްބަރު 2025

މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި

29 ސެޕްޓެމްބަރު 2025
މުއިއްޒުގެ އާއިލީ ކުންފުނިން ފުރަތަމަ ޑިވިޝަންގެ ތިން ފުޓުބޯޅަ ކުލަބެއް ސްޕޮންސާކޮށްފި
25 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި

25 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބުރުން އީގަލްސްއާ އެއްވަރު ކޮށްފި
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
01 ސެޕްޓެމްބަރު 2025

ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް

01 ސެޕްޓެމްބަރު 2025
ސަސް ތިން ވަނަ ޑިވިޝަން އަށް ރެލިގޭޓުކޮށް، ބޮޑު ޖޫރިމަނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް