Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕޭން

"އައުޓް" ކުރަން ނުކުތް މީހާ އައުޓްވާއިރުވެސް ބަލަން ތިބެނީތޯއެވެ؟

24 ޖެނުއަރީ 2022 | ހޯމަ 09:24

ދައުލަތުން ލިބޭ އިނާޔަތުން ފުރަތަމަ ޕްރިންޓު ކުރައްވަނީ ޓީޝާޓެއް

އާމިރު ސަލީމް
އާމިރު ސަލީމް | 24 ޖެނުއަރީ 2022 | ހޯމަ 09:24
އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ށ ފުނަދޫގައި

އިންޑިޔާ އައުޓް ކެމްޕެއިންގައި ރައީސް ޔާމީން ށ ފުނަދޫގައި

ސުޕްރީމް ކޯޓުގެ ހުކުމާއެކު އެންމެ ފުރަތަމަ ވެސް މަސައްކަތްޕުޅު ފެއްޓެވީ ނުލިބިހުރި ލާރި ހޯއްދަވާށެވެ. އެއީ ކުރީގެ ރައީސުންނަށް އެކިއެކި ނަންނަމުގައި ދައުލަތުންދޭ އިނާޔަތުގެ ފައިސާއެވެ. ހުރިހާ އެއްޗެއް އެއްކޮށްލައިގެން ގާތްގަނޑަކަށް 2.4 މިލިޔަނެއްހާ ރުފިޔާއެވެ. މިފައިސާކޮޅު ނަންގަވައިގެން ފުރަތަމަ ޕްރިންޓު ކުރެއްވީ ޓީޝާޓެކެވެ. ދެން ނުކުންނެވީ މަގުމައްޗަށެވެ. ދެން ފެއްޓެވީ އިންޑިޔާ އައުޓް ކެމްޕޭނެވެ. ދެން މިސްރާބު ޖެއްސެވީ އަތޮޅު ތެރެއަށެވެ. ވިދާޅުވާތީ އިވެނީ ގަދަ ބަހެވެ. ހީވަނީ ރަސްގެފާނުގެ ވާހަކަ ފޮރުވަން ރަށުތެރޭގައި ދެބޯގެރި ދުއްވަން ނިކުމެ އުޅުއްވި ބީރުބޮލު ވަޒީރު ހެންނެވެ.

އިސާހިތަކު މި މަސައްކަތް އެމަނިކުފާނު މެކުހަށް ޖައްސަވައިފިއެވެ. ޕޯޑިއަމްތަކުގައި މިވާހަކަ ދެއްކެވުމުގެ އިތުރަށް ގޭގޭގެ ފާރުތަކުގަޔާއި މަގުތަކުގައި މިވާހަކަ ލިޔުމަށް ނަސޭހަތް ދެއްވަން ފައްޓަވައިފިއެވެ. އިންޑިއާ މިލިޓަރީ އައުޓުން، އިންޑިއާ އައުޓުން ގޮސް އިންޑިއަން އައުޓަށްވެސް ބަދަލުކުރައްވައިފިއެވެ. އިންޑިއާ މީހަކު ރަށުތެރޭން ފެނުނަސް ރައީސް ޔާމީނަށް ވެސް ހީފުޅުވެލައްވަނީ އެއީ އިންޑިއާ ސިފައިންގެ މީހެކޭ އެހެން މީހުންނަށް ހީވާވަރު ވާން ފަށައިފިއެވެ. އެމަނިކުފާނު އުޅުއްވާ ގޮތުން ބައެއްފަހަރު މޮޔަ ހަސަނަށް އަމާ ފެނިގެން އުޅޭހެން އުޅުއްވަނީއޭ ހީވާ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ކޮންމެއަކަސް، ކަންކަން މާ މައްޗަށް ދާން ފެށުމުން އެއްފަހަރަކު ސަރުކާރުން ވެސް ބަހެއް ބުންޏެވެ. ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރުވާ ރާއްޖޭގެ އިސްތުޤުލާލަށް ގެއްލުންވާފަދަ އަމަލުތައް ކުރަން ޖާގަ ނުދޭނެ ވާހަކައާއި އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ވާހަކަވެސް ބުންޏެވެ. އެއާއެކު ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތަޖުރިބާކާރުންނާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ދައުލަތުގެ ވެރިންވެސް މިކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެންފިއެވެ. މިކަން ނުކުރެވޭނެ ވާހަކައާ މިކަމަށް ޖާގަނުދެވޭނެ ވާހަކަ ދައްކަވަން ފައްޓަވައިފިއެވެ. މިޤައުމުގައި ތިބި އެތައް ސަތޭކަ އިންޑިއާ ޓީޗަރުންނާއި، ނަރުހުން ބިރުވެރިކަމެއްގައި ތިބި ވާހަކަ އެމީހުން ދައްކަން ފަށައިފިއެވެ. ސްކޫލުތަކުގައި އުޅޭ އިންޑިއާ ޓީޗަރުންނަށް މަގުމަތިން ފުރައްސާރަކުރާ ވާހަކައާއި އެމީހުންގެ ސަލާމަތަށް އެމީހުން އެދޭ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދައްކަން ފަށައިފިއެވެ. އެންމެފަހުން މިކަމުގެ އަސަރު އިންޑިއާ އަށް ދާ ދިވެހިންނަށް ކޮށްފިކަމަށާއި އިންޑިއާ މީހުން އެމީހުންނަށް ފުރައްސާރަ ކުރާ ވާހަކަ އެމީހުންވެސް ދައްކަން ފަށައިފިއެވެ.

ކޮންމެއަކަސް މި ކަންތައްގަނޑު މާ މައްޗަށް ގޮސް މިއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ވަރުގެ ކަމަކަށްވެސް އެންމެފަހުން ވެއްޖެއެވެ. އެކަމަކު ރައީސް ޔާމީން ހަމަ ކަހާތަން ހިރުވާވެސް ނުލައްވާ އެބަ އުޅުއްވައެވެ. ބައެއްމީހުން ބުނާ ގޮތުން އިންޑިއާ އުޅެނީ ރައީސް ޔާމީން އިނދެވަރިކުރި މީހަކާ ހިތާވެގެންނޭ ހީވާ ވަރަށްވެސް އެމަނިކުފާނު އިންޑިއާދެކެ ރުޅިއާދެއެވެ. އެންމެ ކައިރީގައި އޮތް އެންމެ އަވައްޓެރި އަދި ދުނިޔޭގެ އެންމެ ބޮޑު އެއް އިޤްތިޞާދާއި ރައީސް ޔާމީން ޖެހިވަޑައިގެން އުޅުއްވަނީ އީރާނާއި އިޒްރޭލާ ވެސް ނުޖެހޭހާ ބޮޑަށެވެ.

ކަންކަން މިހާ ހިސާބަށް ދާއިރު ރަށު ތެރޭގައި މީހުން ކިޔާތީ އިވެނީ ކުރީގެ ރައީސުންނަށް އާމްދަނީ އާއި ސެކިއުރިޓީގެ ބޭނުންކޮށްގެން މިގޮތަށް އެބޭބޭފުޅުންނަށް އުޅުއްވޭނަމަ، މިއީ ދައުލަތުން ހިންގާ އަމަލުތަކެކޭ ނުބުނެވޭނެ ހެއްޔެވެ؟ ކުރީގެ ރައީސުންނަށް އިނާޔަތާއި، ހިމާޔަތާއި، ރައްކާތެރިކަން ދައުލަތުން ދެނީ ރައީސްކަމުން ފައިބާ ވަޑައިގެން ޤައުމަށް އިޖުތިމާއީ ރޮނގުން ޚިދުމަތްކުރައްވާ، ޙަޔާތުގެ ބާކީ އޮތްބައި އަބުރުވެރިކަމާއެކު ރީތިކޮށް ދިރިއުޅުއްވާކަށް ނޫންހެއްޔެވެ؟ ކުރީގެ ރައީސްގެ އިއްޒަތާއެކު އަބުރުވެރިކަމާއި، ޝަރަފުވެރިކަމާއެކު ދިރިއުޅުން ވޭތުކުރާއްވާކަށް ނޫންހެއްޔެވެ؟

އެކަމަކު މި ރާއްޖޭގައި ކަންކަން މިހިނގަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން ހިނގާގޮތަށް ހެއްޔެވެ؟ ރައީސްކަން ކުރައްވާ، ފައިބާ ވަޑައިގެންނެވުމަށްފަހު ދައުލަތުން ލިބޭ އިނާޔަތުން ފުރަތަމަ ޕްރިންޓު ކުރައްވަނީ ޓީޝާޓެކެވެ. އޭގެ މޭމަތީގައި ޖަހާފައި އޮންނަނީ ކޮންމެވެސް ޤައުމެއް އައުޓު ކުރާ ވާހަކައެވެ. ދެން ނަންގަވަނީ ހަތިޔާރެވެ. ދެން މުޅި ރަށުތެރޭގައި ފިތުނައިގެ އަލިފާން ރޯކުރައްވަމުން، ދޭދޭ ޤައުމުތަކާއި ރާއްޖެއާ ދޭތެރެޖައްސަވަމުން، ރަށުތެރޭގައި ދެބޯގެރި ދުއްވަވަމުން މުޅި ޤައުމުގެ އެކޮޅުން މިކޮޅަށް ހިންގަވަނީއެވެ. މި ހުރިހާ ކަމެއް ހިންގަވާއިރު ސަލާމަތާއި ރައްކާތެރިކަން ދޭން ދައުލަތުން ބޮޑީގާޑުން ދީފައި ތިބެއެވެ. ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000 ރުފިޔާއާއި އޮފީސް ހިންގުމުގެ ޚަރަދަށް 175،000 ރުފިޔާއާއި ބޭސްފަރުވާގެ ޚަރަދަށް މަހަކު 58،333 ރުފިޔާ ދީފައިހުރެއެވެ.

މީހަކު ހައިރާނެއްފަހެ ނުވާނެތޯއެވެ؟ ރައްޔިތުންގެ ޓެކްސް ފައިސާއިން މިހުރިހާ ޚަރަދެއް ދައުލަތުން ކޮށްދީ ހިމާޔަތާއި ރައްކާތެރިކަން ދައުލަތުން ދީފައިހުންނަ މީހަކު ނިކުމެ، މުޅި ޤައުމު ނުރައްކަލަކަށް ވައްޓާލާ އިރުވެސް ހަމައެންމެ ރަނގަޅީ ތޯއެވެ؟ މިދެންނެވި އިނާޔަތަށް ކަށަވަރުކޮށްދޭ ޤާނޫނު އެ އޮތްގޮތަށް ހަމަ ބާއްވަންވީ ތޯއެވެ؟ މިހެން ކަމެއް ދިމާވާ ކޮންމެފަހަރަކު އެންމެން އެންމެނަށް މިވާހަކަ ދައްކާފައި ނިންމާލަންވީތޯއެވެ؟ އެހެން ބަޔަކު އައުޓުކުރަން ނުކުންނަ މީހާ ހުރިހާ އިންތަކާއި މިންތަކުން އައުޓްވެގެން ދާއިރުވެސް އެއްކަލަ ޤާނޫނަށް ބަދަލެއް ގެންނާކަށް ނުވޭތޯއެވެ؟

އިންޑިއާ އައުޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް