Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަނގުރާމަވެރި ސަރަހައްދުގައި އުފަންވާ ކުދިން

ހަނގުރާމަވެރި ސަރަޙައްދެއްގައި އުފަންވާ ކުއްޖާ ރަޖިސްޓްރީކޮށްދެވޭނީ ކޯޓުން ގޮތެއް ކަނޑައެޅުމުން

24 ޖެނުއަރީ 2022 | ހޯމަ 01:34

ކުއްޖާ އަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކާމެދު ކޯޓުން ގޮތް ނިންމާތާ 4 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރުމަށާއި އުފަންދުވަހުގެ ސެޓުފިކެޓު ހެދުމަށް ހުށަހަޅަންވާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ޖެނުއަރީ 2022 | ހޯމަ 01:34
ސީރިއާގެ ހަނގުރާމާގައި ދިވެހިން

ސީރިއާގެ ހަނގުރާމާގައި ދިވެހިން

ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓްރީކޮށްދެވޭނީ އެކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިޔަކުކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުންކަމަށް ބަޔާންކޮށް، ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރ ކުރުމާބެހޭ އުސޫލު ގެޒެޓްކޮށްފިއެވެ.

މިއުސޫލަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގެ ދ ގެ ދަށުން އެކުލަވާލާފައިވާ އުސޫލެކެވެ. ދ ގައި ބުނެފައިވަނީ އުފަންވުން ރަޖިސްޓަރީކުރުމާއި ބެހޭ ކަންކަމާއި، އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސުމަށްޓަކައި އެކުލަވާލަންޖެހޭ އުސޫލު ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެކަމަށެވެ. މިގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މިގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވަނީ ހަނގުރާމަވެރި ސަރަޙައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން، ކަމާބެހޭ ޤާނޫނުތަކުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކޮށްފައިނުވާނަމަ، އެ ކުދިންގެ އުފަންވުން، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ރަޖިސްޓަރ ކުރަންވާނެކަމަށެވެ.

ކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިޔަކާމެދު ކޯޓުން ގޮތެއް ނިންމާތާ 4 ދުވަހުގެ ތެރޭގައި އެ ކުއްޖާގެ ބެލެނިވެރިޔާ، ނުވަތަ ބެލެނިވެރިޔާގެ ޕަވަރ އޮފް އެޓަރނީ އެއް މެދުވެރިކޮށް ކަނޑައަޅާ ފަރާތަކުން އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރ ކުރުމަށާއި އުފަން ދުވަހުގެ ސެޓުފިކެޓު ހެދުމަށް، ފޯމު މެދުވެރިކޮށް އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ރަށްވެހިވެފައިވާ ރަށެއްގެ ނުވަތަ ސިޓީ އެއްގެ ކައުންސިލަށް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފޯމު ހުށަހަޅާއިރު ކޯޓުން މައްސަލަ ނިންމިގޮތުގެ ރިޕޯޓްވެސް ހުށަހަޅަންވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އަދި ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އެ ކުއްޖެއްގެ އުފަންވުން، އެ ކައުންސިލަކުން ރަޖިސްޓަރ ކޮށްދޭންވާނެކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވަނީ ކޯޓަށް ހުށަހެޅޭ މައްސަލައެއް ނިސްބަތްވާ ކުއްޖާއަކީ ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ދަރިއަކު ކަމުގައި ކޯޓުން ކަނޑައަޅެމާއެކު 7 ދުވަހުގެ ތެރޭގައި އެކުއްޖެއްގެ އުފަންވުން ރަޖިސްޓްރީ ކުރުމާއި ބެހޭ ކަންކަމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި ގުޅޭ ކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހަމަޖައްސަންވާނެކަމަށެވެ.

ކުއްޖާގެ އުފަންވުން ރަޖިސްޓްރީ ކުރުމަށްފަހު ކައުންސިލުން ބަލަހައްޓާ އުފަންވުމުގެ ރަޖިސްޓްރީގައި އެކުއްޖެއްގެ އުފަންވުމާއި ގުޅޭ މައުލޫމާތު ހިމަނަންވާނެކަމަށް ގަވާއިދުގައި ބުނެއެވެ. އަދި ކުއްޖެއްގެ އުފަންވުން ރަޖިސްޓްރީކުރުމަށްފަހު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް މައުލޫމާތު ދިނުމަށް "ގެމެން ޕޯޓަލް" މެދުވެރިކޮށް އެމައުލޫމާތު ކައުންސިލުން ހުށަހަޅަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

"ގެމެން ޕޯޓަލް" އަކީ، ކައުންސިލްތަކުގެ ވިހާ މަރުވާ އާއި، ގޯތިގެދޮރުގެ މަޢުލޫމާތާއި، ވޯޓުލާ މީހުންގެ ރަޖިސްޓަރ އާއި، ވަގުތީ ގޮތުން ދިރިއުޅޭ މީހުންގެ ދަފުތަރު ފަދަ، އާބާދީއާއި ގުޅޭ މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެފަހުން ގެނައި އިސްލާހާއެކު "އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ޚާއްސަ އިޖުރާއަތުތަކާބެހޭ ގަވާއިދު" ވަނީ 5 ޖެނުއަރީގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައެވެ.

ހައުސިންގ މިނިސްޓްރީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
03 އޮކްޓޯބަރު 2025

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު
07 ޖުލައި 2025

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!
02 ޖުލައި 2025

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް
19 މާރިޗު 2025

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"
18 ޑިސެމްބަރު 2024

އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

18 ޑިސެމްބަރު 2024
އޮޕަރޭޝަން ކުރަނގީގައި މިހާތަނަށް 18000ށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
29 އޮކްޓޯބަރު 2024

ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ

29 އޮކްޓޯބަރު 2024
ގުޅީފަޅުގެ ނުހިއްކައި އޮތް ފަޅުން 1،300 ގޯތި ދޫކުރުން - ގުރު ލުމާއި މެދު ކަންބޮޑުވުންތައް އިންތިހާ
22 އޮކްޓޯބަރު 2024

ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން

22 އޮކްޓޯބަރު 2024
ވިސާ ފީ އާއި ކޯޓާ ފީ، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ - އިހުސާން
24 ޖުލައި 2024

ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި

24 ޖުލައި 2024
ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ގޮތުން ބޮޑެތި އަދަދުތަކުން ފީ ނުދައްކާ ފަރާތްތައް އާންމު ކޮށްފި
20 ޖުލައި 2024

ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން

20 ޖުލައި 2024
ރާއްޖޭގެ ގިނަ މުއައްސަސާތަކަކީ ކޮރަޕްޝަންގެ ހާއްޔަކަށްވެއްޖެ: އިޙްސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް