Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކެމްޕެއިން ޖަލްސާ

އެންމެ އަސާސީ ކަންކަމަށްވެސް ރައްޔިތުން ސަލާން ޖެހުން ހުއްޓުވާލުމަކީ އެމްޑީޕީގެ ވިސްނުމެއް: މާރިޔާ

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާ ޕާޓީއެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ޖެނުއަރީ 2022 | އާދީއްތަ 06:08
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަފުޅުދައްކަވަނީ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަފުޅުދައްކަވަނީ

އެންމެ އަސާސީ ކަންކަމަށްވެސް ރައްޔިތުން ސަލާން ޖެހުން ހުއްޓާލުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އަމިއްލަ ވިސްނުމެއް ގެންގުޅޭ، ނުހަނު ހޭލުންތެރި ބައެއް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިސްލާޙުގެ މަގަށް ޤައުމު ގެންދިއުމުގައި އާނބަސް ބުނެ، ޤައުމީ މަސައްކަތުގައި އުޅުނު ބައެއްކަމަށްވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، 2008 ގައި އެމްޑީޕީ ސަރުކާރެއް އައިފަހުން މިއަދާއި ހަމައަަށްވެސް އެ ދާއިރާގެ ރައްޔިތުން ވޯޓު ދެއްވަމުން ގޮސްފައިވަނީ އެމްޑީޕީއަށް ކަމަށެވެ. އަދި އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލްމަރުޙޫމް ހުސައިން ވަޙީދުކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައި، ރައްޔިތުންގެ ޙާލު ގާތުން ބެލުމަށްފަހު ވައުދުތަކެއްވާ ޕާޓީއެއްކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ، ފެށުނީއްސުރެ އެމްޑީޕީން ކަންކަން ކުރަމުން އަންނަނީ އެގޮތަށް ކަމަށެވެ. އެގޮތުން މިހާރު އާސަންދައޭ ބުނުމުން މާ ބޮޑު ކަމަކަށް ނުވެދާނެ ކަމަށާއި، އެ ޚިދުމަތް ފަށައިގަތުމުގެ ކުރިން ރައްޔިތުން އުޅުނު ޙާލު މިއަދު ހަނދާން ނުހުރެދާނެކަމަށް މާރިޔާ ވިދާޅުވިއެވެ. ހަމައެގޮތަށް ސުކޫލަށް ދިއުމަށް ކުދިން ފޮތް ފަންސުރު ހަމަކުރުމަށް އުޅެންޖެހުނު ގޮތާއި، އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދޭން ފެށުން ފަދަ އެތައް ކަމެއް މާރިޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މާރިޔާ ވަނީ އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންނާމެދު ވިސްނާ ފިކުރުކުރާ އަދި އެއްވެސް ރައްޔިތަކު ބާކީ ނުކުރާ ޕާޓީއެއްކަމަށް ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ އުސޫލުން ޤައުމު ހިންގަން ވިސްނައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް އެމްޑީޕީން އަބަދުވެސް ވިސްނާކަމަށް ވިދާޅުވެ، އެންމެ އަސާސީ ކަންކަމަށްވެސް ރައްޔިތުން ސަލާން ޖެހުން ހުއްޓާލުމަކީ އެމްޑީޕީގެ ވިސްނުމެއްކަމަށް އެކަމަނާ ސިފަ ކުރެއްވިއެވެ.

މީގެއިތުރުން، ބަލިމަޑުކަމުގެ ތެރެއިން އިޤްތިސާދީ ގޮތުން މިހާ ދަތި ޙާލަތެއްގައި ޤައުމު އޮތްއިރު އަވައްޓެރި އިންޑިއާ ފަދަ ޤައުމުތަކުން ވެދެމުންދާ އެހީތެރިކަންވެސް މާރިޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން އެކި ގޮތްގޮތުން އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރުވެސް އެކަމާވެސް ނުރުހުންވާ ބަޔަކު އެބަ ތިބިކަމަށާއި އިންޑިއާގެ އެހީގައި ގެނެސްދޭ ތަރައްޤީ ހުއްޓުވުމުގެ މަޤްސަދުގައިވެސް ބަޔަކު މަސައްކަތް ކުރަމުންދާކަމަށް އެކަމަނާގެ ވާހަކަފުޅުގައި ތުހުމަތުކުރެއްވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، އިދިކޮޅުން އެ ކުރާ މަސައްކަތަކީ ރައްޔިތުންނަށް އޮޅުވާލުމާއި ނަފްރަތު އުފެއްދުން ކަމަށެވެ. އަދި ރައްޔިތުންނަށްވެސް އެކަންކަން ވިސްނޭނެކަމަށް ޤަބޫލު ކުރެއްވޭކަމަށް ވިދާޅުވިއެވެ.

އެމްޑީޕީރާޝިދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު