Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް

23 ޖެނުއަރީ 2022 | އާދީއްތަ 03:51

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނަނީ އަންނަ ފެބުއަރީ މަހުގެ 5 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ޖެނުއަރީ 2022 | އާދީއްތަ 03:51
އަދާލަތު ޕާޓީގެ މެމްބަރުން

އަދާލަތު ޕާޓީގެ މެމްބަރުން

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އަދާލަތު ޕާޓީން ތާއީދުކުރަނީ އެމްޑީޕީ ކެންޑިޑޭޓަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިކަމާއި ގުޅިގެން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވާދަކުރާ 3 ކެންޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގަންނަވާފައިވާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންނެވުމުގެ މަތިން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމާފައި ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދާލަތު ޕާޓީން ބުނީ އެ ޕާޓީން އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމީ މައިގަނޑު 4 ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، އަމާން ސުލްޙަވެރި މުޖްތަމައެއް ގާއިމްކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑް-19 ގެ އާލަމީ ވަބާއާއި އެއާއެކު މެދުވެރިވި އިގުތިސާދީ ދަތިތަކާއެކުވެސް، ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް، އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފަދައިން ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގަވާ ކަމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި އެޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތްކުރައްވާފައިވާތީއެވެ.

ތިންވަަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި ސަރުކާރުން ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާން ވެއްޓެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާހާ މަސައްކަތް ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، މިނިވަން ދީމިގްރާތީ ވެއްޓެއް ގާއިމްކޮށް، ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ، އުމްރާނީ ގޮތުން ރާއްޖެ ތަރައްގީކުރާކަން މިއަދު ފެންނަން އެބައޮތްކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ. އެހެންކަމުން އަދާލަތު ޕާޓީން މިނިންމުން ނިންމާފައިވަނީ ގައުމާ ރައްޔިތުންގެ އެންމެ އިސް މަސްލަހަތަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށާއި އަދާލަތު ޕާޓީން ކުރިއަރުވާ ސިޔާސަތުތަކަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން މިކަންކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި ފަށާފައިވާ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ އެންމެ ބޮޑު މަސްލަހަތު މިވަގުތަށް އޮތް ކަން ކަމުގައި އަދާލަތު ޕާޓީން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމަންޑޫ ބައި އިލެކްޝަންއަދާލަތު ޕާޓީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
02 އޮކްޓޯބަރު 2025

ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު

02 އޮކްޓޯބަރު 2025
ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު
24 ސެޕްޓެމްބަރު 2025

"ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"

24 ސެޕްޓެމްބަރު 2025
 "ރައީސް މުއިއްޒު ވެރިކަމަށް ގެންނަން ސޮއިކުރެއްވި 100 އިލްމުވެރިން ޣާފިލުކަމުގެ ނިދިން ހޭލަންޖެހޭ"
05 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން
07 އޯގަސްޓު 2025

ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި

07 އޯގަސްޓު 2025
ކައުުންސިލްތަކުގެ ބާރުތައް ކަނޑުވާލާ ބިލު އަނބުރާ ގެންދަން އިމްރާން ގޮވާލައްވައިފި
15 މެއި 2025

ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ

15 މެއި 2025
ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ފަނޑިޔާރުން ވަކިކުރި މައްސަލާގައި ގާނޫނީ ދައުލަތުގެ ބިންގަލަށް ބޮޑު ލޮޅުމެއް އަރާނެ: އަދާލަތު ޕާޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް