Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ބޮޑުއެއްވުން

ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށް މިހާރު މަސައްކަތް ނުކޮށްފިނަމަ ކަންކަން ރަނގަޅުކުރަން އިތުރު ފުރުސަތެއް ނުލިބިދާނެ: އަމީރު

ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން މިރާއްޖޭގެ ހުރިހާ ކަމެއް މިހާރު ބޮއްސުންލައިގެން ގޮސްފައިވާކަމަށް އަމީރު ވިދާޅުވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 15:36
ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު

ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުން މިރާއްޖޭގެ ހުރިހާ ކަމެއް މިހާރު ބޮއްސުންލައިގެންގޮސް، ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުން މިހާރު މަސައްކަތްނުކޮށްފިނަމަ ކަންކަން ރަނގަޅުކުރާނެ ފުރުސަތެއް ނުލިބިދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އިން ގެނެސްދިން "ލޫޓުވައިފި ލޫޅުވައިފި" ބޮޑު އެއްވުމާ ގުޅޭ ހާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދިވެހި ރައްޔިތުން ނިކުމެ ސަރުކާރުން ކުރާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކޮށްފިނަމަ ގައުމު ދިވެހިރައްޔިތުންގެ އަތުން ގެއްލިގެން ހިނގައިދާނެ ކަމުގައެވެ.

ރާއްޖޭގެ ހުރިހާ ކަމެއް މިހާރު ބޮއްސުންލައިގެންގޮސްފި. ރައްޔިތުން ނިކުމެ ކަންކަން ހުއްޓުވުމަށް މަސައްކަތް ނުކުރާނަމަ، 3 އަހަރުތެރޭ މިސަރުކާރުގެ ދައުރު ނިމޭއިރު ދެން އިތުރަށް ކަންކަން ރަނގަޅުކުރާނެ ފުރުސަތެއް ނުލިބި، ގައުމު ވަރަށްބޮޑަށް އަޅުގަނޑުމެންގެ އަތުން ގެއްލިގެންދާތަން މިހާރު ފެންނަނީ،
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ވެރިކަން ކުރާފަރާތުން ރޭވިގެން ހުރިހާ ކަމެއްހެން ލޫޓުވަމުންދާ މަންޒަރުކަމަށް އަމީރު ފާހަގަކުރެއްވިއެވެ. ލޫޓުވަނީ ހަމައެކަނި ދައުލަތުގެ ފައިސާއިން ނޫންކަމަށާއި، މިދިޔަ 2 އަހަރުގައި މިސަރުކާރުން ދަނީ ރައްޔިތުންގެ އަސާސީ ހައްގުތައްވެސް ލޫޓުވަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ލޫޓުވަމުން ގޮސް މިހާރު ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ހަނިވެ، ދައުލަތުގެ އިގްތިސާދު އިނދަޖެހި، އަމިއްލަ ކުންފުނިތައްވެސް އިނދަޖެހި، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށަށްގޮސްފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް މިއަދު މިލިބިފައިވާ ނިކަމެތިކަމުން މިންޖުވުމަށްޓަކައި ހުކުރުދުވަހު އެންމެހާ ރައްޔިތުން، އެމްޑީޕީއިން ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް ކުރީގެ މިނިސްޓަރ އަމީރު ގޮވާލެއްވިއެވެ.

ހުކުރު ދުވަހުގެރޭ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ފަރާތުން މާލޭގައި ބާއްވާ ބޮޑު އެއްވުމަށް އެޕާޓީއިން ދަނީ ވަރަށް ފޯރިޔާއެކު ތައްޔާރުވަމުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި މުޅި ގައުމު ނިކަމެތިކޮށްފައިވާ ކަމަށާއި، ގައުމު ހަމަމަގަށް އެޅުވުމަށްޓަކައި އޮކްޓޯބަރު 3 ގައި ރަށްރަށުންވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޮވާލައްވާފައެވެ. އެމްޑީޕީއިން ބާއްވާ ބޮޑު އެއްވުމުގައި ރަސްމީކޮށް ބައިވެރިވާނެކަން އަދާލަތު ޕާޓީންވެސް ވަނީ އިއުލާނުކޮށްފައެވެ.

ރައީސް މުއިއްޒުއިބްރާހިމް އަމީރުއެމްޑީޕީއިބްރާހިމް މުހައްމަދު ސާލިހުއަދާލަތު ޕާޓީލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު