Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދާލަތު ޕާޓީ

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

ރައީސް މުއިއްޒު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބިލަށް ގިނަވެގެން އަރާނީ 400 ރުފިޔާ ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2025 | ހޮނިހިރު 14:45
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ، ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި

އަންނަ ރޯދަމަހުގެ ކަރަންޓް ބިލުތައް 400 ރުފިޔާ އަށް ވުރެ ބޮޑު ނުވިއްޔާ، ރޯދަ މަސް ނިންމާ ދެން ޖެހިގެން އަންނަ މަހު 4000 ރުފިޔާ އަށްވުރެ ކުޑަ ބިލެއް ނާންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ކުރީގެ ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އިމްރާން މިހެން ވިދާޅުވި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފަށާ ރޯދަ މަހުގެ ކަރަންޓު ބިލަށް އަރާނީ ގިނަވެގެން 400 ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400 ރުފިޔާ ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ، މިހާރު 8 ހާސް ރުފިޔާއިން އަދި 10 ހާސް ރުފިޔާއިން އަރާ ބިލުތައް 400 ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ކުޑަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ގަބޫލު ނުކުރާނެ ކުޑަ ކުއްޖަކުވެސް ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ފާހަގަ ކުރެއްވި ގޮތުގައި، އެއްވެސް ގޮތަކުން ރަމަޟާން މަހަށް 400 ރުފިޔާ އަށް ކަރަންޓް ބިލު ކުޑަ ކުރައްވައިފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ މައްޗަށް އަރާނެ އެވެ. އޭރުން ބިލުތަކަށް އަރާނެ ކަމަށް ބެލެވެނީ 4000 ރުފިޔާއާއި 40،000 ރުފިޔާއާ ދޭތެރޭގެ އަދަދެއް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

އެއްވެސް ކަރަންޓް ބިލެއް 400 އަށްވުރެ ބޮޑު ނުވާނެކަމަށް އެ ވިދާޅުވީ، މިއީ ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާނެ ކަމެއް. ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާނެ މިހާރު 5 ހާހުން، 8 ހާހުން، 10 ހާހުން އަރާ ކަރަންޓް ބިލްތައް 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ އޭ ބުނީމާ އެކަން ރައީސް މުއިއްޒުގެ އަމިއްލަ ނަފްސު ވެސް ގަބޫލު ނުކުރާނެ. ދެން ކޮންމެވެސް ގޮތަކުން 400 އަށްވުރެ ބިލު ރޯދަ މަހު ބޮޑު ނުކުރައްވައިފިއްޔާ، ޖެހިގެން އަންނަ މަހު 4000 ރުފިޔާ އަށް ވުރެ ކުޑަ ބިލެއް އެއްވެސް ގެޔަކަށް ނާންނާނެ
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ

މިއީ ރައީސް މުއިއްޒު ކަރަންޓް ބިލުން ޑިސްކައުންޓް ދޭ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ރޯދަ މަހު ވެސް "ނަމަކަށް" ކަރަންޓު ބިލުން ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވި އެވެ. ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި، ޑިސްކައުންޓް ދިން ނަމަވެސް ބިލުތައް ބޮޑުވެފައިވާކަން ފާހަގަވި އެވެ.

އޭގެއިތުރުން ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާ އަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ ކުރަމުންނެވެ. ގިނަ ގޭބިސީތަކުން ފާހަގަ ކުރަނީ، ކަރަންޓު ބޭނުން ކުރާ މިންވަރު ބަދަލު ނުވި ނަމަވެސް ބިލުތައް ބޮޑުވަމުންދާ ކަމަށެވެ. މިއީ ގިނަ ރައްޔިތުންނަށް ބޮޑު ބުރައަކަށް ވެފައިވާ ކަމެއް ކަމަށް ފާހަގަ ކުރެވެ އެވެ.

ކަރަންޓު ބިލުތައް ކުޑަކުރުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ސުވާލުތައް އުފެދެމުންދާއިރު، އިމްރާން ވިދާޅުވި ގޮތުގައި މިފަދަ ވައުދުތައް ފުއްދޭނެ ގޮތެއް ނެތެވެ. ކަރަންޓު ބިލުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރުމަށް ހަގީގީ ހައްލެއް ހޯދަން ޖެހޭ ކަމަށް އިމްރާން ފާހަގަ ކުރެއްވި އެވެ.

ކަރަންޓު ބިލްޝައިޚް އިމްރާން ޢަބްދުﷲއަދާލަތު ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

19 ނޮވެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން

ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު