Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮލިމްޕިކްސްއަށް ހަނގުރާމަތައް ހުއްޓާލުން

އޮލިމްޕިކްސްގެ 7 ދުވަސް ކުރިންނާއި އޮލިމްޕިކްސް ނިމި 7 ދުވަސް ވަންދެން ހަނގުރާމަތައް ހުއްޓާލަން ފާސްކޮށްފި

މިކަން އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ 1993

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2022 | ހޮނިހިރު 11:31
އޮލިމްޕިކްސް 2022

އޮލިމްޕިކްސް 2022

ފެބްރުއަރީ 4 ވަނަ ދުވަހު ބެއިޖިންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށުމުގެ 7 ދުވަސް ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި އދ.ގެ މެމްބަރު ގައުމުތަކުން ގަރާރު ފާސްކޮށްފިއެވެ.

އޮލިމްޕިކް ޓްރޫސް ނުވަތަ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަކީ, އޮލިމްޕިކް ގޭމްސްއާ ގުޅިގެން 18 ވަނަ ބީސީގައި ގަދީމީ ގްރީކްގައި ތަައާރަފު ކުރެވުނު އޮލިމްޕިކް ގޭމްސްގެ މުހިންމު އަސާސެކެވެ. 1992ގައި ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީއިން މި އާދަ އަލުން ދިރުވުމަށްޓަކައި، ގަދީމީ ދުވަސްވަރުހެން، މިހާރުގެ އޮލިމްޕިކްގެ ދުވަސްވަރުގައިވެސް އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ގާއިމުކުރުމަށް ގޮވާލަން ނިންމިއެވެ. މި އެއްބަސްވުމުގައި ގޮވާލަނީ އޮލިމްޕިކް ގޭމްސް ނިމެންދެން ހަނގުރާމައާއި ހަމަނުޖެހުންތަކުން ބަރީއަވެގެން ތިބުމަށެވެ.

Advertisement - newsAdvertisement

މިގޮތުން އޮލިމްޕިކް ގޭމްސް ފެށުމަށް 7 ދުވަހަށް ވުމުން، އަދި ކުޅިވަރުތައް ނިމިގެން 7 ދުވަސް ވަންދެން އެއްވެސް ހަނގުރާމައެއް ނުކުރުމަށް އދ.ގެ ގަރާރަކުން 1993ގައި ފާސްވިއެވެ.

2005 ވަނަ އަހަރުގެ ވޯރލްޑް ސަމިޓް އައުޓްކަމްގައި، ކުޅިވަރުގެ ޒަރީއާއިން ހަމަޖެހުމާއި ތަރައްގީ ގެނެވޭނޭ ކަމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ފާހަގަ ކުރިއެވެ. އަދި އެކްޝަން ޕްލޭނެއް ހަދައި އާންމު މަޖިލީހުގައި މިކަމާގުޅޭ އިތުރު މަސައްކަތް ކުރުމަށްވެސް ނިންމިއެވެ. މިގޮތުން 3 ނޮވެމްބަރ 2005ގައި އޮލިމްޕިކް ކުޅިވަރުތައް މެދުވެރިކޮށް ރައްކާތެރި އަމާން ދުނިޔެއެއް ބިނާކުރުމުގެ ނަމުގައި ގަރާރެއް ފާސްކުރެވުނެވެ. އަދި ކޮންމެ ދެއަހަރަކުން އެއް އަހަރު ކޮންމެ އޮލިމްޕިކް ގޭމްސްއެއް ފެށުމުގެ ކުރިން މި ގަރާރު އާކުރުމަށް ހަމަޖެހުނެވެ.

ކުޅިވަރަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭ ކަމެއްކަމަށް، ދެމެހެއްޓެނެވި ތަރައްގީގެ އެޖެންޑާ 2030އިން ވަނީ ފާހަގަ ކޮށްފައެވެ. އަދި އަމާންކަމާއި ތަރައްގީ ހާސިލް ކުރުމުގައި ކުޅިވަރުގެ ދައުރު އިތުވެފައިވާ މިންވަރު ހާމަކުރަމުން, ކުޅިވަރުން ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމަށާއި، އަދި ވަކިވަކި ފަރުދުންނަށާއި، މުޖުތަމާއަށާއި، ސިއްހަތާއި ތައުލީމަށް، އަދި އިޖްތިމާއީ ބައިވެރިވުން ފުޅާވުމުގައި ކުޅިވަރުގެ ދައުރު އިތުރުވެފައިވާ މިންވަރު ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން 2 ޑިސެމްބަރ 2021 ގައި އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް، އދ.ގެ މެމްބަރު ހުރިހާ ގައުމުތަކުން އޮލިމްޕިކް ސުލްހައިގެ އެއްބަސްވުގައި ހިފެހެއްޓުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިފަހަރު ބެއިޖިންގައި ބާއްވާ އޮލިމްޕިކް ގޭމްސް ފެށުމުގެ 7 ދުވަސް ކުރިން ހުރިހާ ހަނގުރާމައެއް ހުއްޓާލައި، އަދި ކުޅިވަރުތައް ނިމި ހަފްތާއެއް ވަންދެން ދުނިޔޭގެ އެއްވެސް ގައުމަކުން ހަނގުރާމައެއް ނުކުރުމަށް އެދި ވަނީ މެމްބަރު ގައުމުތަކުން ގަރާރު ފާސްކޮށްފައެވެ.

އޮލިމްޕިކް ހަރަކާތުން ކުޅިވަރުގެ ރަނގަޅު ސިފަތައް އިންސާނިއްޔަތަށް ފޯރުކޮށްދެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅިވަރުކުޅޭ އެކި ފަރާތްތައް އެއްތަނަކަށް އެއްވެ، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އަމާން ދުނިޔެއެއް ގާއިމު ކުރުމަށް އެހީވެދެއެވެ. މިފަދަ ކަންކަމަކީ އދ. އުފެދުމުގެ މަގުސަދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަންކަމެވެ.

އދ.އާއި އޮލިމްޕިކް ގޭމްސްގައި ހުރި އެއްގޮތް މަގްސަދުތައް ހާމަކުރުމުގެ ގޮތުން އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން ވަނީ, އޮލިމްޕިކް ސްޓޭޑިއަމްއާއި އޮލިމްޕިކް ވިލެޖްތަކުގައި އދ.ގެ ދިދަ ވިހުރުވާލަން ނިންމާފަ އެވެ. އ.ދ.ގެ ނިޒާމާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ ގުޅިގެން، އިންސާނީ ތަރައްގީއާއި، ފަގީރުކަން ނައްތާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ސިއްހީ ދާއިރާ ކުރިއެރުވުމާއި، އެޗްއައިވީ އަދި އެއިޑްސް ބަލިން ރައްކާތެރިވުމާއި، ޗައިލްޑް އެންޑް ޔޫތު އެޑިޔުކޭޝަނާއި، ޖެންޑަރ އީކުއަލިޓީއާއި، ސުލްހަ ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީފަދަ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާއި، އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މިކަމާގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ, ކުޅިވަރާއި އޮލިމްޕިކްގެ ޒަރީއާއިން ސުލްހައާއި އިންސާނުންގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް އޮލިމްޕިކް އަދި ޕެރަލިމްޕިކް އެތުލީޓުންގެ ލީޑަރޝިޕުން ކުރާ މަސައްކަތަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ސުލްހައާއި ހަމަނުޖެހުން ހައްލުކުރުމަށާއި، ކުޅިވަރުގެ ޒަރީއާއިން އޮލިމްޕިކް އަދި ޕެރަލިމްޕިކް ވެލިއުސް ކުރިއެރުވުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ޕްރޮގްރާމްތައް އެކުލަވާލުމަށް އދ.ގެ އެކި ގައުމުތަކުން ދެމުންދާ އަހަންމިއްޔަތަށްވެސް މަރުހަބާ ވިދާޅުވެފަވެއެވެ.

މިކަމާގުޅިގެން ޝާހިދު ވަނީ އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ދޭ އަހައްމިއްޔަތުކަން ދައްކައިދިނުމަށާއި، މި ޓްރޫސްގެ މައްޗަށް ބިނާކޮށް ސުލްހައާއި އަމާންކަމުގެ ސަގާފަތެއް ކުރިއެރުވުމަށާއި، އަދި އެ ސަގާފަތް އިތުރަށް ހަރުދަނާ ކުރުމަށް، ގައުމީ، ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ މެމްބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން، ގަދީމީ ޒަމާނުގައި އަސްލު އޮލިމްޕިކް އެއްބަސްވުމުގައި ހިމެނިފައިވާ ކަންކަމަށް ރިއާޔަތްކޮށް ފާސްކޮށްފައިވާ ސުލްހައިގެ ގަރާރުގައި ބަޔާންކޮށްފައިވާ ފަދައިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަތިޔާރާއި އެކު މިހާރު ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކުންވެސް އޮލިމްޕިކް ޓްރޫސްގައިވާ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށާއި، ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޝާހިދު ވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.

ޢަބްދުﷲ ޝާހިދުއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު