Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޚާރިޖީ ދާއިރާ

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

ރާއްޖެ އާއި މެދު ބޭރުގެ ޤައުމުތަކުން ކުރަމުން އައި އިތުބާރުވެސް ގެއްލިފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 31 ޖެނުއަރީ 2025 | ހުކުރު 17:58
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާޙިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާޙިދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރާއްޖޭގެ ކޮންމެ ދިމާލަލަށް ބެލިޔަސް ފެންނަނީ ރާއްޖެ ފުނޑާލާފައިވާ މަންޒަރުކަމަށެވެ. ޚާރިޖީ ދާއިރާއިން ވެސް ފެންނަނީ އެ ދާއިރާ އެއްކޮށް ފުނޑާލާފައިވާ މަންޒަރުކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އެ ދާއިރާގެ ތަޖުރިބާއެއް ނެތް ސިޔާސީ މީހުން މަޤާމުތަކަށް ލާފައި ތިބުމުގެ ސަބަބުން އެ ދާއިރާގެ އިތުބާރު ގެއްލިފައިވާ ކަަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޚާރިޖީ މަސައްކަތްތަކުގެ ވައްޓަފާޅި ނޭނގޭ އެކަމަށް ބީރައްޓެހި ބަޔަކު ދާއިރާ އަށް އައްޔަންކުރުމުގެ ސަބަބުން ރާއްޖެ އާއި މެދު ބޭރުގެ ޤައުމުތަކުން ކުރަމުން އައި އިތުބާރުވެސް ގެއްލިފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޚަރަދުތައް ކުރާ ގޮތާއި މެދު ވެސް ޝާހިދު ކަންބޮދުވުން ފާޅުކުރެއްވިއެވެ. އިޚުލާސްތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރި ނަމަ އާއްމުންނަށް ލިބެން އޮތް އެއްޗެއް ނުލިބޭ ގޮތަށް ކަންކަން ނުކުރައްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކައިރީގައި ތިބި ސިޔާސީ މީހުން މަސައްކަތް ކުރައްވަނީ އެ މަނިކުފާނަށް ސަނާކިޔައިގެން ޤައުމުގެ ހާލަތު އެ މަނިކުފާނަށް އޮޅުވާލައްވަން ކަމަށެވެ. އެކަމުގެ ސަބަބުން އާއްމު މީހާގެ އިހުސާސް މިއަދު ރައީސް މުއިއްޒު އަށް އެނގިވަޑައިނުގަންނަވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދުއެމްޑީޕީޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު