Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑްގެ ހާލަތުގައި މިސްކިތްތަކުގައި ނަމާދުކުރުން

މިސްކިތްތަކުގައި މާސްކު އަޅަން ހަނދާންކޮށްދެން: އިސްލާމިކް މިނިސްޓަރ

20 ޖެނުއަރީ 2022 | ބުރާސްފަތި 13:14

މާލެ ސަރަހައްދުން ރިޕޯޓްކުރާ ކޭސްތައް ވަނީ 1،000އިން މައްޗަށް އަރާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ޖެނުއަރީ 2022 | ބުރާސްފަތި 13:14
އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒާހިރް އަލީ

އިސްލާމިކް މިނިސްޓަރ، ޑރ. އަހުމަދު ޒާހިރް އަލީ

މިސްކިތްތަކުގައި މާސްކު އަޅަން ހަނދާންކޮށްދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މި ދުވަސްވަރު މުޅި ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު، މާލެ ސަރަހައްދުން ރިޕޯޓްކުރާ ކޭސްތައް މިހާރު ހުންނަނީ 1،000އިން މަތީގައެވެ. އެހެންނަމަވެސް ބަލި ކޮންޓްރޯލްކުރުމަށް މިހާތަނަށް އެއްވެސް އިދާރާއަކުން ހަރުކަށި ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެންނަމަވެސް މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާއިރު ކޮވިޑަށް ޓެސްޓްކުރަންޖެހެއެވެ.

Advertisement - newsAdvertisement

މި ދުވަސްވަރުގައި މިސްކިތްތަކުގައި ނަމާދުކުރާއިރު ވަކި ޚާއްސަ ފިޔަވަޅެއް އަަޅަން އެއްވެސް އިދާރާއަކުން އަންގާފައިވޭތޯ ރާއްޖެއެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މިސްކިތްތަކުގައި ވަކި ގޮތަކަށް އަމަލުކުރާކަށް އެޗްޕީއޭއިންވެސް އަދި އެހެން އިދާރާއަކުންވެސް މިހާތަނަށް އެއްވެސް އެންގުމެއް އަންގާފައިނުވާކަމަށެވެ.

ރަސްމީ އިދާރާއަކުން ވަކި ގޮތަކަށް އަމަލުކުރަން އަންގާފައިނުވިނަމަވެސް އިސްލާމިކް މިނިސްޓްރީން ގެންދަނީ މިސްކިތްތަކުގައި މާސްކު އެޅުން ތަންފީޒުކުރަން މަސައްކަތްތަކެއް ކުރައްވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މިސްކިތަށް ވަންނަ މީހުންނަށް މާސްކު އަޅަން ބާރު އެޅުމަށް އިމާމުންނަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ދުވަސްވަރު އެހެނިހެން ކަންކަން ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެންކަމުން ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކަން ބަހައްޓައިގެން ނަމާދު ކުރުން ތަންފީޒުކުރުމަށް ދަތިވެލައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިވަގުތަށް ބާރު އަޅަމުންދަނީ މާސްކު އެޅުން ތަންފީޒުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެއިން 2،137 މީހުން ވަނީ ކޮވިޑް-10އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 1،219 މީހަކު ޕޮޒިޓިވްފެވައިވާއިރު، އަތޮޅުތެރެއިން 547 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 89 މީހަކާއި، ސަފާރީތަކުން 4 މީހުންގެ އިތުރުން ޕޮޒިޓިވްވީ ކޮން ތަނަކުންކަން ދެނެގަނެވިފައިނުވާ 278 ކޭސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީކޮވިޑް-19

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
10 ޖޫން 2024

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް