Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ލިބުމުގައި ހުރި ދަތިތައް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ދާނީ ކުރިއަށް - ޝާހިދު

މިހާތަނަށް ކޮވިޑް-19އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖެނުއަރީ 2022 | ބުރާސްފަތި 13:55
އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

މި އާލަމީ ވަބާއަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރިބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުން ކަމުގައިވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ދާނީ ކުރިއަށް ކަމަށް، އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ އދ.ގެ އާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އެމަނިކުފާނު މިއަހަރު އިސްކަން ދެއްވާނެކަންކަމާ ބެހޭ ގޮތުން އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުންނެވެ. ޝާހިދު ވިދާޅުވީ އާ ވޭރިއެންޓުތައް ދާނީ ފެންމަތިވަމުން ކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެ، ނޫނީ އަޅުގަނޑުމެންގެ ވެކްސިންތަކަށް ނުކަތާވަރު ވެދާނެ ކަމަށެވެ. މީގެ ސަބަބުން މިހާތަނަށް ކޮވިޑް-19އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތް ކަމަށާއި، މި ސައިކަލް ފުނޑުކޮށްލެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެން ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ މިހާރު މުޅި ބައިނަލްއަޤުވާމީ ޚަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދަނީ ކޮވިޑް-19ގެ ބަލިމަޑުކަން ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް ހިތަށް ތަސައްލީއެއް ލިބިގެންދަނީ ކޮންމެ ބަލިމަޑުކަމެއް ވެސް ކޮންމެވެސް އިރަކުން ނިމެނޭކަން އެނގޭތީ ކަމަށެވެ. އަދި ކޮވިޑުން އަރައިގަތުމަށް އަމާޒު ހިފާފައި އޮތްއިރު، އަދަށްވުރެ ރަނގަޅު މާދަމާއެއް ބިނާކުރުމަށް ވެސް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

އެކަން ކުރާއިރު، ފުރަތަމަ އިސްކަމެއްގެ ގޮތުގައި ބަލަންވީ މި ބަލިމަޑުކަމުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ކޮމިއުނިޓީތައް ކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ ގިނަ މީހުން ދިރިއުޅެނީ އެލްޑީސީ އާއި، އެލްއެލްޑީސީ އަދި އެސްއައިޑީ ޤައުމުތަކުގައި ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ގޮވާލަނީ، އެ ޤައުމުތަކުން ކޮވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބާރުދީ، ފުނޑުފުނޑުވެފައިވާ އެމީހުންގެ އިޤްތިޞާދު އަލުން ބިނާކުރުމަށް އެހީވެދިނުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ މިއަދު އެކި ޤައުމުތަކުގެ މެދުގައި އޮތް އެއްބަސްވުމަކީ، މީގެ އަހަރުތަކެއް ކުރިން ހިނގައިދިޔަ ދެ ބޮޑު ހަނގުރާމައަށްފަހު އާދެވުނު އެއްބަސްވުމެއްކަމަށެވެ. އެ ހުރިހާ ކަމަކަށްފަހު އެންމެފަހުން ސުލްޙަވެރިކަމާއި އަމާންކަންމަތީ ދެމިތިބެވެން އޮތް ގޮތަކީ، އިންސާނިއްޔަތުކަމަށް ލޯބިކޮށް، ދެބަސްވުމާއި ކޯޅުންތަކަށް މަގުފަހިކުރާ ފަރާތްތަކާއި ކަންތައްތަކާ ދެކޮޅަށް ގާޑުކޮށްގެން ކަމަށާއި، އަދި މި ނޫން ގޮތަކުން ސަލާމަތެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލިސްޢަބްދުﷲ ޝާހިދުކޮވިޑް-19 ވެކްސިން

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު