Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝަލް ސަރވިސްގެ މަސައްކަތްތައް

ފާއިތުވި ތިން އަހަރަކީ ޖޭއެސްސީގެ މަސައްކަތްތައް އެންމެ ފުރިހަމަ ތިން އަހަރު

20 ޖެނުއަރީ 2022 | ބުރާސްފަތި 01:02

މިދިޔަ އަހަރު ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާތަކުގެ 93 އިންސައްތަ ޝަކުވާއާ މެދު ގޮތް ނިންމިފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 20 ޖެނުއަރީ 2022 | ބުރާސްފަތި 01:02
ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު އަބްދުލް މާނިއު ހަސަން

ޖުޑީޝަލް ސާރވިސް ކޮމިޝަންގެ މެމްބަރު އަބްދުލް މާނިއު ހަސަން

ފާއިތުވި ތިން އަހަރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސައްކަތްތައް އެންމެ ފުރިހަމައަށް އަދާކުރެވުނު ތިން އަހަރުކަމަށް ޖޭއެސްސީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު އަބްދުލް މާނިއު ހަސަން ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތަކުގެ ތެރެއިން ފާއިތުވި ތިން އަހަރުގެ މަސައްކަތަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ޖޭއެސްސީގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރެވުނު ތިންއަހަރު ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރަކީ އަންދާޒާ ކުރެވުނު ވަރަށްވުރެ ގިނަ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅުނު އަހަރެއްކަން ފާހަގަކުރައްވާ މާނިއު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން އިންތިހާއަށް ގިނަ ޝަކުވާތަކެއް އެކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެކޮމިޝަނަށް 404 ޝަކުވާއެއް ހުށަހެޅިފައިވާކަމަށް މާނިއު ވިދާޅުވިއެވެ. އޭގެ ތެރެއިން 9 ޝަކުވާ ފިޔަވާ ބާކީ 374 ޝަކުވާއާމެދު ޖޭއެސްސީން ވަނީ ގޮތްނިންމާފައެވެ. އަދި ބާކީ 9 ޝަކުވާ މިހާރު ދިރާސާ ކުރަމުން އަންނަކަމަށް މާނިއު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޖޭއެސްސީއަށް ހުށަހެޅުނު ޝަކުވާތަކުގެ 93 އިންސައްތަ ޝަކުވާއާ މެދު ގޮތް ނިންމިފައިވުމަކީ އެކޮމިޝަނަށް ހާސިލުކުރެވުނު ވަރަށް މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި މާނިއު ފާހަގަކުރެއްވިއެވެ.

މާނިއު ވިދާޅުވީ ކުރިއާ ޚިލާފަށް ޝަކުވާތަކުގައި އޮންނަ ވާހަކަތަކަށް ބަލާލުމަށްފަހު މިހާރު ގޮތް ނުނިންމާ ކަމަށެވެ. އޭގެ ބަދަލުގައި ޝަކުވާއެއް ހުށަހެޅުމާއެކު ޝަކުވާ އިތުރަށް ދިރާސާކޮށް، އެޝަކުވާއަކާ ގުޅޭ ފަރާތްތަކާ ސުވާލުކޮށް އިތުރު މައުލޫމާތު ހޯދާކަމަށެވެ. އަދި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަށް ގޮތް ނިންމަނީ އެޝަކުވާ ތަހުގީގު ކުރުމަށްފަހު އެއީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައަކާ ގުޅުންއޮތް ކަމަކަށްވޭތޯ ބެލުމަށްފަހު ކަމަށެވެ.

ހަމައެހެންމެ ފާއިތުވި ތިން އަހަރު ތެރޭގައި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ މާނިއު ވިދާޅުވީ 2019 ވަނަ އަހަރު އެކޮމިޝަނަށް 114 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހެޅިފައިވަނީ 288 މައްސަލައެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ މައްޗަށް އެކޮމިޝަނަށް ހުށަހެޅޭ މައްސަލަ ގާތްގަނޑަކަށް ދެގުނަ އިތުރުވަމުން އަންނަކަމަށް މާނިއު ފާހަގަކުރެއްވިއެވެ.

މާނިއު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދާ ފާއިތުވި 2021 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ އަދަދު ނުބައްދަލު ކަމަށެވެ. އަދި ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ބޮޑުތަނުން އިތުރުވުމަކީ އެކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ރަނގަޅަށް ބެލޭކަމުގެ އަލާމާތެއްކަމަށެވެ.

ޖެއެސްސީއަކީ ފަނޑިޔާރުންގެ ޝަކުވާތައް އެތަނަކަށް ހުށަހެޅި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ހެދިފައިވާ ކޮމިޝަނެކެވެ.

ޖޭއެސްސީފަލަ ސުރުޚީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
24 ނޮވެމްބަރު 2025

ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ

24 ނޮވެމްބަރު 2025
ފުލުހުން ފޮޓޯ ޑިލީޓް ކުރީ ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކަށް ބޮޑު ބޭބެ ކިޔާ މީހެއްގެ
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
26 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި

26 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ރިޒާ އިސްތިއުފާ ދެއްވައިފި
23 އޮކްޓޯބަރު 2025

ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް

23 އޮކްޓޯބަރު 2025
 ޕީއެންސީ ޓިކެޓުގައި މަޖިލީހަށް ވާދަކުރި ޔަޒްމީދު، ޖޭއެސްސީ ގެ ނައިބު ރައީސްކަމަށް
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް