Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޓީސީ އަތުން ޔޫވީގެ ހަމައެކަނި މޮޅު

ތާވަލުގެ ހަތްވަނައަށް ޔޫވީ ޖެހިލީ ހަތަރު ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖެނުއަރީ 2022 | އަންގާރަ 13:51
ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ ޓީސީ އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔޫވީ މޮޅުވިއިރު، މި މެޗަކީ މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ޔޫވީއަށް ކުޅެން ލިބުނު ފަހު މެޗެވެ. އަދި މި ފަހަރު ޕްރެޒިޑެންޓްސް ކަޕުގައި ޔޫވީ މޮޅުވީ މި މެޗުން އެކަންޏެވެ.

މި މެޗުގައި ޔޫވީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީން ލީޑު ފުޅާކުރިއިރު، މެޗުގެ 39 ވަނަ މިނެޓުގައި އަޙްމަދު ބައްސާމް މުޙައްމަދު ނައީމް (ބައްކު) ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާން (އައްޔަ) އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ޔޫވީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ބައްކު ހުރަސްކޮށްދިން ބޯޅައަކުން އައްޔަ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަނަޓޯލީ ވްލަސީޗޭވް (ޓޯނީ) އެވެ. މިއީ އޭރިއާ ތެރެއިން ޔޫވީގެ އިވާން ވެރާސްއަށް ޓީސީގެ ގޯލްކީޕަރު އާދަމް އިމްއާން ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު އޭގެ މިނެޓެއް ފަހުން ޓީސީން ވަނީ މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހާފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު ޒައުލް ނާޒިމެވެ.

މި މޮޅާއެކު ޔޫވީއަށް މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ނިމުނުއިރު، އެ ޓީމު ވަނީ ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. އެގޮތުން ކުޅުނު ހަތް މެޗުން ޔޫވީއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ހަ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ޔޫވީ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ހަވަނައިގައި ހަތް މެޗުން ހަ ޕޮއިންޓާއެކުއެވެ.

ޕްރެޒިޑެންޓްސް ކަޕްޓީސީ ސްޕޯޓްސް ކުލަބުޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު