Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގްރެފިޓީތައް ނައްތާލުން

ގްރެފިޓީ ފޮހެލުމުން "ނުހުއްޓުވޭނެ" ކަމަށް ބުނެ، އަނެއްކާވެސް ފުލުހުންނަށް ހުތުރު ބަސްތަކެއް

18 ޖެނުއަރީ 2022 | އަންގާރަ 11:23

މާލެ ސަރަހައްދުގެ 27 ސަރަހައްދެއްގައި ހުރި ގްރެފިޓީތައް ނައްތާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2022 | އަންގާރަ 11:23
ފުލުހުންނަށް ހުތުރު ބަހުން ލިޔެފައިވާ އިބާރަތްތައް އަނެއްކާވެސް ވަނީ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ފާރުތަކުގައި ލިޔެފައި

ފުލުހުންނަށް ހުތުރު ބަހުން ލިޔެފައިވާ އިބާރަތްތައް އަނެއްކާވެސް ވަނީ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ފާރުތަކުގައި ލިޔެފައި

މާލެ ސިޓީގެ މަގުތަކާއި ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކުން ކުރަމުންދަނިކޮށް، ގްރެފިޓީ ފޮހެލާފައިވާ ތަންތަނުގައި އަނެއްކާވެސް ލިޔުނު މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތާއި ސިފައިން އަދި މާލެ ސިޓީ ކައުންސިލުން ގުޅިގެން ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެސަރަހައްދު މޮނިޓަރ ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެއެވެ. އެގޮތުން ފުލުހުން މާލެ ސިޓީ ކައުންސިލަށް ހިއްސާކޮށްފައިވާ ލިސްޓެއްގެ ދަށުން މާލެ ސަރަހައްދުގެ 27 ސަރަހައްދެއްގައި ހުރި ގްރެފިޓީތައް ނައްތާލާފައިވީނަމަވެސް، ގިނަ އިރުތަކެއް ނުވެ އަނެއްކާވެސް އެ ތަންތަނުގައި ވަނީ ތަފާތު އެކި ލިއުންތައް ލިޔެފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ، އެކަން ސިޓީ ކައުންސިލުގެ ސަމާލުކަމަށް އައުމާއެކު، ފުލުހުންނަށްވެސް އެކަން ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ގްރެފިޓީ ކުރަހާފައި ހުރި ތަންތަނުގައި އަލުން ކުލަލުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމުގައި ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ބަލައި، އެކަން ކުރަމުން ގެންދާނެކަމަށް ފުލުހުން ބުނެފައިވާކަންވެސް ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މާލޭގައި ހަރަކާތްތެރިވާ ނަން މަޝްހޫރު ގޭންގުތަކުގެ ނަންތަކާއި، ބައެއް ކުރެހުންތަކުގެ އިތުރުން، ފުލުހުންނަށް ހުތުރު ބަހުން ލިއެފައިވާ އިބާރަތްތައް އަނެއްކާވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ ފާރުތަކުގައި ލިޔެފައެވެ.

މާލެ ސިޓީގެ މަގު ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް ހުކުރު ދުވަހުން ފަށައިގެން ކުރަމުންދާއިރު، މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގެ ހުރިހާ ދިމާލެއްގައި ހުރި އެފަދަ ކުރެހުންތަކާއި ލިޔުންތައް ނައްތާލާނެ ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނީ އެ މަސައްކަތަކީވެސް މާލޭގެ ރައްޔިތުންނަށް އަމާން ރައްކާތެރި ވެއްޓެއް ގާއިމްކޮށްދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި، މިމަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މަސައްކަތްފުޅާ ކުރާނެ ކަމަށާއި، ޝަކުވާއެއް އޮތްނަމަ ކައުންސިލްއާ ހިއްސާކޮށްދިނުމަށް އެދިފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް