Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފަތުރުވެރިކަމަށް އެނދު އިތުރު ކުރުން

މިއަހަރު ފަތުރުވެރިކަމަށް 6000-8000 ދެމެދުގެ އަދަދަަކަށް އެނދު އިތުރު ކުރެވޭނެ - ޑރ. މައުސޫމް

އެއްވެސް ޕާޓީއަކާއެކު ހަދާފައިވާ އެއްބަސްވުމެއް ބާތިލް ކުރުމަކީ މިނިސްޓްރީގެ ވިސްނުމެއް ނޫން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ޖެނުއަރީ 2022 | އަންގާރަ 06:44
މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

މިނިސްޓަރ މައުސޫމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

މި އަހަރު ފަތުރުވެރިކަން 6000-8000 ދެމެދުގެ އަދަދަަކަށް އެނދު އިތުރު ކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރައްވާ މަސައްކަތްތަކާ ގުޅިގެން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ހަމަ އެކަނި ރިސޯޓް ތަކުންވެސް ދެހާހެއްހާ އެނދު އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި ގެސްޓް ހައުސްތަކާއި ސަފާރީތަައް ހިމެނޭ ގޮތަށް ހަ ހާހާއި އަށްހާހާ ދެމެދުގެ އިނދު މިއަހަރު ފަތުރުވެރިކަމަށް އިތުރު ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަަމަށް 50 އަހަރު ފުރިގެންދާއިރު މި ދާއިރާގައި ދުނިޔޭގެ އެންމެ އުހުގައި ހިފަހައްޓާލުމަށް އިތުރު މޮޑެލްތައް ތައާރަފް ކުރުމަށް ޕްލޭން ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ދޫކޮށް ނުހެދި ހުރި ރަށްތައް މި އަހަރުގެ ތެރޭގައި ހަދަން ފެށޭނެ ގޮތަށް މިހާރު ސިޔާސަތުތަކަށް ބަދަލު ގެނެވިފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ހުރި ޖޫރިމަނާތަކަށް ލުއި ދީ، ރިސޯޓްތަރައްގީ ކުރުމަށް އެ ފަރާތްތަކަށް ތިން އަހަރުގެ މުހުލަތެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ތިން އަހަރު ތެރޭގައި ނުހެދޭނަމަ އެ ރަށްތައް އަނބުރާ ނަގާ ގޮތަށް އެއްބަސްވެފައިވާ ކަމަށެވެ.

ރިސޯޓްތައް ހެދުމަށް ދޫކޮށްފައިވާ ރަށްތަކާއި ހަވާލުކޮށްފައިވާ މީހުން އެނގޭ ގޮތަށް ތަފްސީލްތައް ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އެއްވެސް ޕާޓީއަކާއެކު ހަދާފައިވާ އެއްބަސްވުމެއް ބާތިލް ކުރުމަކީ މިނިސްޓްރީގެ ވިސްނުމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ރަށްތަކުގެ ފައިދާ ރައްޔިތުންނާ ދައުލަތަށް ލިބެންޖެހޭ ކަމަށެވެ.

ފަތުރުވެރިކަން ފުޅާ ކުރުމަށް އިންވެސްޓަރުން ހޯދުމަށް މި މަހު ވާރޗުއަލް އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެ ފޯރަމްގެ ތެރެއިން މިހާރު ދީފައި ހުރި ރަށްތައް އަދި ނުހެދި ހުރި ރަށްތައް އެކި މޮޑެލްގައި ޕްރޮމޯޓް ކުރަން އެ ރަށްތައް ގެންގުޅޭ މީހުންނާއެކު އެއްބަސްވެފައިވާކަމަށްވެސް ޓުއަރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑަސްޓްރީއަށް އައު މޮޑުލްތައް ތައާރަފް ކުރުމަށް މަސައްކަތް ކުރާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކޮށްގެން ވެސް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުމުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެއީވެސް ބޮޑު މާކެޓެއް ކަމަށާއި، މި އަހަރުގެ މާސްޓަރ ޕްލޭންގައި އެކަން ހިމަނާފައިވާނެ ކަމަށެވެ. އަދި އަމާޒަކީ ހުރިހާ ކެޓެގަރީއަކަށް ފަތުރުވެރިކަން ހުޅުވާލުން ކަމަށެވެ.

ދިވެހިންގެ މެހުމާންދާރީއާއެކު އެންމެ މަގްބޫލް މަންޒިލްގެ ގޮތުގައި ރާއްޖެއަށް ދެމި އޮވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަގާފީ ފަތުރުވެރިކަމާއި، މިހާރު ތައާރަފްކުރާ ލޯންގް ސްޓޭ ނުވަތަ ރިއަލް އެސްޓޭޓް ޓުރިޒަމާއެކު ދާއިރާގެ އެންމެ އުހުގައި ހިފަހައްޓާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމްމިނިސްޓްރީ އޮފް ޓުއަރިޒަމްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު