Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މި ފަހަރުވެސް ލެވަންޑޯސްކީއަށް

17 ޖެނުއަރީ 2022 | ހޯމަ 21:02

ރޮނާލްޑޯއަށް ފީފާގެ ހާއްސަ އެވޯޑެއް ވަނީ ދީފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖެނުއަރީ 2022 | ހޯމަ 21:02
މިދިޔަ އަހަރުގެ އެވޯޑާއެކު ބަޔާނުގެ ތަރި ރޮބަޓް ލެވަންޑޯސްކީ

މިދިޔަ އަހަރުގެ އެވޯޑާއެކު ބަޔާނުގެ ތަރި ރޮބަޓް ލެވަންޑޯސްކީ

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ހޯދައިފިއެވެ.

ލެވަންޑޯސްކީ މި ފަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ ދާދި ފަހުން ހަތްވަނަ ފަހަރަށް ބަލޮންޑޯ އެވޯޑް ހާސިލުކުރި ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހާ ވާދަކޮށެވެ. އެގޮތުން ލެވަންޑޯސްކީއަށް 48 ޕޮއިންޓް ލިބުނުއިރު، ދެވަނައަށް ދިޔަ މެސީއަށް ލިބުނީ 44 ޕޮއިންޓެވެ. އަދި ސަލާހަށް ލިބުނީ 39 ޕޮއިންޓެވެ.

މި އަހަރުގެ އެވޯޑް ލެވަންޑޯސްކީ ހޯދިއިރު، މިދިޔަ އަހަރުގެ އެވޯޑުވެސް ހޯދާފައިވަނީ އޭނާއެވެ. މިދިޔަ އަހަރުގެ އެވޯޑް ލެވަންޑޯސްކީ ހާސިލުކޮށްފައިވަނީ މެސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާދަކޮށްގެންނެވެ.

ލެވަންޑޯސްކީ މިދިޔަ ސީޒަނުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މިދިޔަ އަހަރު ޕޮލެންޑުގެ ގައުމީ ޓީމާއި ބަޔާނަށް މިދިޔަ އަހަރު 45 މެޗުން 51 ލަނޑު ޖަހާފައެވެ. އަދި މި ފަހުން ލެވަންޑޯސްކީ ވަނީ ޖަރުމަނުގެ ލެޖެންޑަރީ ފޯވާޑް ގާޑް މުލާގެ އެތަކެއް އަހަރުވީ ރިކޯޑުތަކެއް މުގުރާލާފައެވެ. އެގޮތުން މިދިޔަ އަހަރު ލެވަންޑޯސްކީ ވަނީ އެއް އަހަރު ތެރޭ ޖަރުމަން ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން 1972 ވަނަ އަހަރު މުލާ ހެދި ރިކޯޑާއި، އެއް ސީޒަނެއްގައި އެންމެ ގިނަ ލީގު ގޯލު ޖަހައިގެން މުލާ ހަދާފައިވާ ރިކޯޑު މިދިޔަ ސީޒަނުގައި މުގުރާލާފައެވެ.

މީގެ އިތުރުން ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ ދާދި ފަހުން ބަލޮންޑޯ އެވޯޑް ހާސިލުކުރި ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު އަލެކްސިއާ ޕުޓެއްޔަސްއެވެ. މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހޮވުނުއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަގާމަށް ހޮވުނީ ޗެލްސީ އަންހެން ޓީމުގެ އެމާ ހޭސްއެވެ.

އަދި އެންމެ މޮޅު ލަނޑަށް ދޭ ފީފާ ޕުސްކަސް އެވޯޑް މި ފަހަރު ލިބުނީ ޓޮޓެންހަމް ހޮޓްސްޕާގެ އެރިިކް ލަމޭލާއެވެ. މި ފަހަރުގެ ޕުސްކަސް އެވޯޑަށް ހޮވާފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ލަމޭލާ ޖެހި ލަނޑެވެ. މި އެވޯޑުތަކުގެ އިތުރުން ފީފާގެ އެންމެ މޮޅު ސަޕޯޓަރުންގެ އެވޯޑާއި ފެއާ ޕްލޭ އެވޯޑް ލިބުނީ ޑެންމާކް ޓީމާއި ޑެންމާކްގެ މެޑިކަލް ޓީމުގެ އިތުރުން ޑެންމާކުގެ ސަޕޯޓަރުންނާއި ފިންލެންޑްގެ ސަޕޯޓަރުންނަށެވެ. މީގެ އިތުރުން ވަނީ ފީފާގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ފީފާ ޕްރޯ އެލެވެންވެސް ވަނީ ހޮވާފައެވެ.

އަދި މި ފަހަރުގެ އެވޯޑް ހަފުލާގައި ވަނީ ރޮނާލްޑޯއަށް ފީފާގެ ޚާއްސަ އެވޯޑެއް ދީފައެވެ. އޭނާއަށް ފީފާއިން ހާއްސަ އެވޯޑެއް ދިނީ މިދިޔަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރިކޯޑު ރޮނާލްޑޯ މުގުރާލުމުންނެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފެށުމަށްފަހު ފީފާއިން ގެނައި އެންމެ ބޮޑު ބަދަލަކީ ސަޕޯޓަރުންނަށް ވޯޓު ލެވޭ ގޮތް ހެދުމެވެ. ސަޕޯޓަރުންގެ ވޯޓު ނަގާފައިވަނީ މުޅި ދުނިޔެއިން ހޮވާލެވުނު 200 މީޑިއާއެއްގައި ސެޓް ކުރި ވޯޓިން ޕޯލްތަކުންނެވެ. ފީފާގެ އެވޯޑުގައި ދެން ވޯޓުލާފައިވަނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުންގެ އިތުރުން ހޮވާލެވުނު ނޫސްވެރިންނެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްރޮބަރޓް ލެވަންޑޯސްކީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
15 ސެޕްޓެމްބަރު 2025

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް

15 ސެޕްޓެމްބަރު 2025
ލެވަންޑޯސްކީގެ ދެ ލަނޑާ އެކު، ބާސެލޯނާ އަށް ބޮޑު މޮޅެއް
19 ޑިސެމްބަރު 2024

އަހަރެން ނިކަމެތި ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި: ވިނީޝިއުސް

19 ޑިސެމްބަރު 2024
އަހަރެން ނިކަމެތި ކުރުމަށް ވަރަށް ގިނައިން މަސައްކަތް ކުރި: ވިނީޝިއުސް
18 ޑިސެމްބަރު 2024

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

18 ޑިސެމްބަރު 2024
މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ
18 ޑިސެމްބަރު 2024

ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް

18 ޑިސެމްބަރު 2024
ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވިނީޝިއުސް އަށް
27 އޮކްޓޯބަރު 2024

ލެވަންޑޯސްކީގެ ދެ ލަނޑާ އެކު ރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

27 އޮކްޓޯބަރު 2024
ލެވަންޑޯސްކީގެ ދެ ލަނޑާ އެކު ރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
10 އޮކްޓޯބަރު 2024

ލެވަންޑޯސްކީ ޤަބޫލު ކުރާ ގޮތުގައި އޭނާ އަށް އަދިވެސް ރަނގަޅުު ފެންވަރެއްގައި ކުޅެވޭ

10 އޮކްޓޯބަރު 2024
ލެވަންޑޯސްކީ ޤަބޫލު ކުރާ ގޮތުގައި އޭނާ އަށް އަދިވެސް ރަނގަޅުު ފެންވަރެއްގައި ކުޅެވޭ
07 އޮކްޓޯބަރު 2024

ބާސެލޯނާ މޮޅުވީ ލެވަންޑޯސްކީގެ ހެޓްރިކުން

07 އޮކްޓޯބަރު 2024
ބާސެލޯނާ މޮޅުވީ ލެވަންޑޯސްކީގެ ހެޓްރިކުން
30 އެޕްރީލު 2024

ގުޅުން ރަނގަޅު، ބާސެލޯނާ ދޫކޮށްލަން ނުވިސްނަން: ލެވަންޑޯސްކީ

30 އެޕްރީލު 2024
ގުޅުން ރަނގަޅު، ބާސެލޯނާ ދޫކޮށްލަން ނުވިސްނަން: ލެވަންޑޯސްކީ
30 އެޕްރީލު 2024

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސެލޯނާ މޮޅުވެއްޖެ

30 އެޕްރީލު 2024
ލެވަންޑޯސްކީގެ ހެޓްރިކާއެކު ބާސެލޯނާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް