Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ކެމްޕެއިނާމެދު ނާއިބް ރައީސްގެ ކަންބޮޑުވު

ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ބަލައެއް ނުގަންނަން: ނާއިބު ރައީސް

އެކި ނަންނަމުގައި ހިންގާ ހަރަކާތްތައް ވަނީ ސްކޫލްތަކާ ހަމައަށް ގޮސްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2022 | ހޯމަ 07:55
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް

ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުރިއަށްގެންދާ ހަރަކާތްތައް ބަލައި ނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ރިއާޔަތްކުރައްވައެވެ. މި ކެމްޕޭން ފުރަތަމަ ފެށިއިރު އިދިކޮޅުން ގޮވާލަމުން ދިޔައީ އިންޑިއާ މިލިޓަރީ ރާއްޖެއިން ފެބުމަށެވެ. އެހެންނަމަވެސް މިހާރު އިދިކޮޅުން ގެންދަނީ އިންޑިއާ މީހުން ރާއްޖޭގައި ތިބުމާ ދެކޮޅަށްވެސް އަޑުއުފުލަމުންނެވެ. މިގޮތުން ދާދި ފަހުން ށ. ފުނަދޫ ސްކޫލްގެ ބޭރު ފާރުގައިވެސް "ސޭ ނޯ ޓު އިންޑިއަން" އަދި "އިންޑިއާ އައުޓް" މިހެން ޖަހާފައިވާތަން ފެންނަ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އަދި އިންޑިއާ މީހުންނަށާއި، އިންޑިއާ ޓީޗަރުންނަށް މަގުމަތިން ފުރައްސާރަކޮށް ބިރުދައްކާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ 3 ރަށެއްގައި ސެޓެލައިޓް ސްކޫލް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނާއިބު ރައީސް ވިދާޅުވީ ދަތި އުނދަގޫ ދުވަސްވަރެއްގައި ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު އުނގަންނައިދިނުމުގައި މަސައްކަތް ކުރަމުންދާއިރު، ދެކެން ބޭނުން ނުވާ އެތައް ކަމެއް ފެންނަމުންދާކަމަށެވެ. އެކި ނަންނަމުގައި އެކި ގޮތްގޮތަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ގޮސް، ސްކޫލާ ހަމައަށް ދިއުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ނާއިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

އެކި ގޮތްގޮތުން ޓީޗަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ކުރާ މަސައްކަތް ކުށްވެރިކުރައްވާ ކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސެޓެލައިޓް ސްކޫލަށް އަލިއަޅުވާލައްވައި ނާއިބު ރައީސް ވިދާޅުވީ މިއީ ޖަޒީރާ ތަރައްގީގެ މުޅިން އައު ފެށުމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން އަޅާނުލެވި ދޫކޮށްލެވިފައި އޮތް 3 ރަށުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އައު އުންމީދުތަކެއް ލިބިފައިވާކަމަށާއި، އެ ރަށްތަކުގެ ބެލެނިވެރިންނާއި ދަރިވަރުން އުފުލި ތަކުލީފު ހަނދާން އެބަހުރި ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ މުޖުތަމައެއް ބިނާކުރުމުގެ އެންމެ މުހިންމު އެއްކަމަކީ ތައުލީމީ ނިޒާމު ވަރުގަދަކުރުން ކަމަށެވެ. މި ސަރުކާރުން ތައުލީމީ ނިޒާމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިހާތަނަށް އައިއިރުވެސް ތައުލީމީ ނިޒާމާ ގުޅުންހުރި 40 ޕްރޮޖެކްޓެއް ނިންމާފައިވާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ. އަދި 50 ޕްރޮޖެކްޓު ކުރިއަށްދާކަމަށާއި، ކުރިއަށްވެސް ގިނަ ޕްރޮޖެކްޓުތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި ޓީޗަރުން ތަމްރީނުކުރުމާއި، ޕްރިންސިޕަލުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ސެޓެލައިޓް ސްކޫލް ގާއިމްކޮށްފައިވާ 3 ރަށަކީ ބ. ފެހެންދޫ، ވ. ރަކީދޫ އަދި ވ. ތިނަދޫއެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު