Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

ސްޕެނިޝް ސުޕަ ކަޕް 12 ވަނަ ފަހަރަށް ރެއާލަށް

ބިލްބާއޯ އަތުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖެނުއަރީ 2022 | ހޯމަ 05:40
ސްޕެނިޝް ސުޕަ ކަޕުގެ ތައްޓާއެކު ރެއާލުގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސްޕެނިޝް ސުޕަ ކަޕުގެ ތައްޓާއެކު ރެއާލުގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ސައުދީ އަރަބިއްޔާ މި ފަހަރުގެ މުބާރާތް ކުރިއަށްދިޔައިރު، އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ރެއާލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ރޮޑްރީގޯ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ބިލްބާއޯގެ ޔެރާއި އަލްވާރޭޒް އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ބިލްބާއޯއަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން ރެއާލުގެ އެޑާ މިލިޓާއޯގެ އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރް ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ. އަދި އެއާއެކު ރެފުރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑެއްވެސް ދައްކާފައެވެ. އެކަމަކު ބިލްބާއޯގެ ރައުލް ގާސިއާ ފޮނުވާލި ޕެނަލްޓީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

މި މޮޅާއެކު ރެއާލުން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރިއިރު، މިއީ އެ ޓީމުގެ ކޯޗުގެ މަގާމާ ކާލޯ އަންޗެލޮޓީ އަލުން ހަވާލުވުމަށްފަހު ހޯދި ފުރަތަމަ ކާމިޔާބީއެވެ. ސްޕެނިޝް ސުޕަ ކަޕުގެ އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާއެވެ. އެ ޓީމުން ވަނީ މިހާތަނަށް މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެނިޝް ސުޕަ ކަޕްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު