Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތައް

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ވޮލީބޯޅަ ޓީމުން ތިން މެޗު ކުޅެނީ

މި ތިން މެޗު އޮންނާނީ އަންނަ މަހުގެ 6-12 އަށް

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖެނުއަރީ 2022 | ހޮނިހިރު 15:13
2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން

2019 ވަނަ އަހަރު މާލޭގައި ލަންކާ އާއި ރާއްޖޭން ކުޅުނު ވޮލީބޯޅަ މެޗެއްގެ ތެެރެއިން

ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމުން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތައް ކުރިޔަށް ދާނީ އަންނަ މަހުގައި ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މި މެޗުތައް ކުޅޭގޮތަށް ހަމަޖެހިގެން ދިޔައީ މިދިޔަ މަހު ވަޒީރު ބަންގްލަދޭޝަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ކުޅިވަރާ ބެހޭ ވަޒީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންގްލަދޭޝްގެ ގައުމީ ފިރިހެން ވޮލީ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅޭ ތިން މެޗު އޮންނާނީ އަންނަ މަހުގެ 6-12 އަށް ކަމަށެވެ. އަދި މެޗު ކުޅެން އަންނާނެކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ވޮލީބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މޭޔަރު އަތީގުލް އިސްލާމް ދެއްވާފައިވާ ކަމަށެވެ.

ދާދި ފަހުން ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ވާދަކޮށްފަ އެވެ. އަންހެން އަދި ފިރިހެން ޓީމު ޑާކާގައި މުބާރާތަށް ގޮސް ތިބިއިރު، މަހުލޫފް ވަނީ ފޯނުން ގުޅުއްވައި، ޓީމަށް ހިތްވަރު ދިނުމުގެ އިތުރުން ސަރުކާރުގެ ފަރާތުން ވޮލީބޯޅަ އަށް އިތުރު ފުރުސަތުތައް ހޯދައިދޭން އިތުރު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ވޮލީބޯޅަ ކުރިއެރުވުމުގެ ގޮތުން ޓްރެއިނިންގ ކޭމްޕުތަކާއި، އެކުވެރިކަމުގެ މެޗުތައް ހޯއްދަވައިދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ ކުރިން ވަޒީރުގެ ދައުވަތަކަށް ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. އެ ގޮތުން އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ރާއްޖެ އައިއިރު، ދެ ވަނަ ފަހަރަށް އައީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. ލަންކާ ގައުމީ ޓީމުގެ އިތުރުން ޑިސެމްބަރު މަހު އިންޑިއާ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސް ވެސް ވަނީ ރާއްޖެ އައިސް ގައުމީ ފިރިހެން ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެފައިވެއެވެ.

ގައުމީ ވޮލީބޯޅަ ޓީމުވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
24 އޮކްޓޯބަރު 2024

ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި

24 އޮކްޓޯބަރު 2024
ރާއްޖެ އިން ތަޖަކިސްތާންގެ މައްޗަށް ކުރި ހޯދައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
23 އޮކްޓޯބަރު 2024

ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

23 އޮކްޓޯބަރު 2024
ހަތަރު ވަނަ މެޗުގައި އުޒްބަކިސްތާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު