Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދު ފިއްލެވި މައްސަލަ

ފުލުހުން ބުނަނީ، އަލީ ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން 2 ފަހަރު އެދުނުކަމަށް، ނަމަވެސް ކޯޓުން އެކަން ދޮގުކުރޭ

15 ޖެނުއަރީ 2022 | ހޮނިހިރު 11:13

އަޑުބަރޭ ވަނީ ކަން ހިނގި ގޮތް އަންގައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 ޖެނުއަރީ 2022 | ހޮނިހިރު 11:13
އަލީ ވަހީދު ރާއްޖެވަޑައިގަތުމަށް އެދުމުން އެކަމަށް އޭނާ ވަނީ އިންކާރުކުރައްވާފައި

އަލީ ވަހީދު ރާއްޖެވަޑައިގަތުމަށް އެދުމުން އެކަމަށް އޭނާ ވަނީ އިންކާރުކުރައްވާފައި | ރާއްޖެއެމްވީ

ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް ރައްދުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެނބުރި ރާއްޖެ ގެނައުމަށް އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދަން ދެފަހަރު ކްރިމިނަލް ކޯޓުގައި އެދިފައިވާނެކަމަށް ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިންޓަރޕޯލުން ބޭނުންވާ މައުލޫމާތަކާއި، އިނގިރޭސި ބަހުން ކޯޓު އަމުރެއް ހޯދުމަށް އެދި ނިމިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުގައި ސިޓީއަކުން އެދިފައިވާނެ ކަމަށެވެ. އަދި ނިމިދިޔަ ހަފުތާގައިވެސް އިތުރު ސިޓީއެއް ކޯޓަށް ފޮނުވާފައިވާނެ ކަމަށާއި، ނަމަވެސް މިހާތަނަށް ކޯޓު އަމުރު ލިބިފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދުމުގެ މަސައްކަތް ކްރިމިނަލް ކޯޓާ ގުޅިގެން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކޮށްލުމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލީ ވަހީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކްރިމިނަލް ކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރެއް ނެރެފައިވީނަމަވެސް، އެ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ހޯދުމަށް އެދި ފުލުހުންގެ ކިބައިން މައްސަލަ ބައްލަވާ ގާޒީއަށް ހުށައަޅުއްވާފައި ނުވާ ކަމަށެވެ. އެގޮތުން އިނގިރޭސި ތަރުޖަމާއާއި އިނގިރޭސި އަމުރަކަށް އެދި 13 ޖެނުއަރީއާ ހަމައަށްވެސް ފުލުހުންގެ ފަރާތުން އެދިފައިނުވާކަން ކޯޓުގެ މީޑިއާ އޮފިޝަލް ކަށަވަރު ކޮށްދެއްވިއެވެ.

އެ ދުވަހުގެ އަޑުއެހުމުގައި އަލީ ވަހީދު ދެން ޝަރީއަތަށް ހާޒިރު ކުރެވޭނީ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކޮށްގެން ކަމަށާއި، އޭނާ ޝަރީއަތަށް ހާޒިރުވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންދީ އެކަމުގައި ޖާމިނުވި އަޑުބަރޭއާ މެދުވެސް އެ މޭރުމުން ފިޔަވަޅު އެޅުމަކީ، ގާނޫނީ ވެރިކަން ދެމެހެއްޓުމަށާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކޯޓުން ބުނެފައިވަނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައެވެ. އެގޮތުން އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގަތުމަށް އަޑުބަރޭ އެދުނު ނަމަވެސް އަލީ ވަހީދު ވަނީ އެކަމަށް އުޒުރުވެރިވެފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހަމަ އެދުވަހު އަޑުބަރޭ ވަނީ އަލީ ވަހީދަށް، އެނބުރި ރާއްޖެ ވަޑައިގަތުމަށް އީމެއިލް މެދުވެރިކޮށް އެދިފައެވެ. އޭގެ ޖަވާބުވެސް ހަމަ އެދުވަހު އަލީ ވަހީދު ވަނީ ސިޓީއަކުން ދެއްވާފައެވެ. އެ ސިޓީގައި އޭނާ ވަނީ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ބަންދެއްގައިކަން ފާހަގަކޮށް، އެ މައުލޫމާތު 27 އޯގަސްޓުގައި ސިޓީއަކުން ކްރިމިނަލް ކޯޓަށްވެސް ހިއްސާ ކޮށްފައިވާނެ ކަމަށް ބުނެފައެވެ. އަދި އެ ގައުމުގެ އިޚްތިސާސުން ބޭރަށް ދެވޭނީ އޭނާ ބަންދު ކުރި މައްސަލައާއި އޭނާގެ ފަރާތުން ހުށައަޅާފައިވާ މައްސަލައަށް ގޮތެއް ނިމުމުންކަމަށްވެސް އަލީ ވިދާޅުވެއެވެ.

މި މައްސަލައިގައި އަލީ ވަހީދު ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވާތީ އަޑުބަރޭ ވަނީ އެކަން އަންގައި ކްރިމިނަލް ކޯޓަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އޭނާ ވަނީ އޭނާ މި މައްސަލައިގައި ޖާމިނުވީ 4 މަަހަށް ކަމަށް ބުނެ، އެ މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ކޯޓުން އެއްވެސް އެންގުމެއް އަންގާފައިނުވާކަމަށް ބުނެފައެވެ.

ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައަކާއި ގުޅިގެން ދައުވާލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް 4 ނޮވެމްބަރު 2021ގައި ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރެއް ނެރެފައިވެއެވެ. ނަމަވެސް އޮންލައިންކޮށް އަލީ ވަހީދު އަޑުއެހުންތަކުގައި ބައިވެރިވެވަޑައިގަތް މައްސަލާގައި، ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ އަލީ ވަހީދުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ.

ކްރިމިނަލް ކޯޓްއަލީ ވަޙީދު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

22 ސެޕްޓެމްބަރު 2026
ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް ޔާމީން ރިޝްވަތު ނަންގަވާ، މަނީ ލޯންޑަރކުރެއްވި ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
20 ސެޕްޓެމްބަރު 2026

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

20 ސެޕްޓެމްބަރު 2026
ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!
20 ސެޕްޓެމްބަރު 2026

ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި

20 ސެޕްޓެމްބަރު 2026
ދައްތަގެ ދަބަހުގައި ބޮމެއް އޮތް ކަމަށް މަޖަލަކަށް ބުނި މިސްރުގެ ފިރިހެނެއް އެއަރޕޯޓުން ހައްޔަރުކޮށްފި
20 ސެޕްޓެމްބަރު 2026

އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް

20 ސެޕްޓެމްބަރު 2026
އޯގަސްޓު މަހު 330 ދައުވާއެއް ކޯޓަށް ހުށަހަޅާފައިވޭ: ޕީޖީ އޮފީސް
18 ސެޕްޓެމްބަރު 2026

ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި

18 ސެޕްޓެމްބަރު 2026
ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފި
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
16 ސެޕްޓެމްބަރު 2026

ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!

16 ސެޕްޓެމްބަރު 2026
ޝާހް އަލޮމްގެ މަރު: ގާތިލުގެ ކިބައިން މަރަށްމަރު ހިފަން އާއިލާއިން ބޭނުންނުވާތީ އޭނާ އުމުރަށް ޖަލަށް!
10 ސެޕްޓެމްބަރު 2026

ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!

10 ސެޕްޓެމްބަރު 2026
ޑްރަގް އައްޑާއެއްގެ ގޮތުގައި ބޭނުންކުރި ތަނެއްގެ ވެރިފަރާތަށް ކުށް ސާބިތުވެ، 10 އަހަރަށް ޖަލަށް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
07 ސެޕްޓެމްބަރު 2026

އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް

07 ސެޕްޓެމްބަރު 2026
އާބިދަށް ކުރާ ދައުވާ: މިހާރު ކުރިއަށްދަނީ މަރުވި މީހާގެ ވާރިސުންގެ ބަސް ހޯދުމުގެ މަސައްކަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް