Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމަންޑޫ ޓާފް ދަނޑު

ކޮމަންޑޫގައި އަލަށް އަޅާ ދަނޑު ހަތަރު މަސްތެރޭ ނިމޭނެ: މަޚްލޫފް

މިއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއްނޫން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 14 ޖެނުއަރީ 2022 | ހުކުރު 20:13
ކޮމަންޑުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ

ކޮމަންޑުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އަހުމަދު މަހްލޫފް ވާހަކަދައްކަވަނީ

ކޮމަންޑޫގައި އަޅާ ޓާފު ދަނޑުގެ މަސައްކަތް ހަތަރު މަސްތެރޭ ނިމޭނެކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫގައި އަޅާ ޓާފު ދަނޑުގެ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޚްލޫފް ވަނީ ކޮމަންޑޫއަކީ މީގެ ކުރިން ފުޓްބޯޅަ ދަނޑެއް އޮތް ރަށެއް ނޫންކަން ފާގަކުރައްވާފައެވެ. އަދި އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ދަނޑުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ މި ދުވަސްކޮޅު ކޮމަންޑޫގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ފަށާތީ އެއީ އެދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ބުނާކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު އިއުލާނުކޮށްފައިވާ ކަމަށެވެ. އެގޮތުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަޚްލޫފް ވަނީ ކޮމަންޑޫ ދަނޑުގެ މަސައްކަތް އިއުލާނުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހު މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކޮށްފައިވާނެ ކަމަށެވެ.

ކޮމަންޑުގައި ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތުގައި ހިމެނެނީ، ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތެވެ. މިއީ އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކޮމަންޑޫގެ ދަނޑާއެކު އެރަށުގައި މިހާރު ފުޓްބޯޅަ ކުޅޭ ޒުވާނުންނާއި ކުރިއަށް އޮތް ޖީލުތަކުގެ ހުނަރު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އަދި މިއީ އެރަށުގެ ޒުވާނުންގެ ހުނަރު އިތުރަށް ތަރަޤީކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ހަމައެހެންމެ މި ސަރުކާރުން 25 ދަނޑެއްގެ މަސައްކަތް މިހާރު ނިންމާފައިވާކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ޓާފް ދަނޑުތައްއަހުމަދު މަޚްލޫފްށ.ކޮމަންޑޫ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު