Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިހިވެލި މައްސަލަ

ރިހިވެލި މައްސަލަ: ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ގާނޫނީވަކީލުގެ މައްސަލައެއް ބާރ ކައުންސިލަށް

13 ޖެނުއަރީ 2022 | ބުރާސްފަތި 10:51

16 ސެޕްޓެންބަރުގައި ބޭއްވުނު އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ބެލުމަށް ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖެނުއަރީ 2022 | ބުރާސްފަތި 10:51
ރިހިވެލި ރިސޯޓު- ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރެވޭނެ ހައިސިއްޔަތެއް ނެތް ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައި

ރިހިވެލި ރިސޯޓު- ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރެވޭނެ ހައިސިއްޔަތެއް ނެތް ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައި

ކ. މަހާނައެޅިހުރާގައި ހިންގަމުންދާ ރިހިވެލި ބީޗް ރިސޯޓާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ޤާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރާ ގުޅޭ ސުލޫކީ މައްސަލައެއް ދިވެހިރާއްޖޭގެ ބާރ ކައުންސިލުން ބަލަން ފަށައިފިއެވެ.

ބާރ ކައުންސިލުން ވަނީ ވަކީލުގެ މައްސަލައެއް ބަލަމުންދާކަން ސިޓީއަކުން އަންގާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ޙަވާލާދީ ވާހަކަ ދެއްކުމާއި، މައްސަލަ ބައްލަވާ ގާޟީ ޓެގް ކުރައްވާ ސޯޝަލް މީޑިއާގައި މައްސަލައާ ގުޅުންހުރި ވާހަކަތައް ދައްކަވަމުންދާކަމަށް ބުނެ، މި ޢަމަލަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ އަމަލެއް ކަމަށް ބާރ ކައުންސިލަށް ހުށައެޅިފައިވާ މައްސަލައިގައި ބުނެއެވެ. އަދި މި ފަދަ ޢަމަލުތަކަކީ ޤާނޫނީ ވަކީލުން ޢަމަލުކުރަންޖެހޭ ސުލޫކާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެ، މާހަލް ޓުއަރސް ޕވޓ ލޓޑ ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝިހާމްގެ ފަރާތުން އެ މައްސަލަ ބާރ ކައުންސިލަށް ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ބާރ ކައުންސިލުން ބުނީ، 16 ސެޕްޓެންބަރު 2021 ގައި ބޭއްވުނު އާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ޖަލްސާގައި އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. ކައުންސިލުން ވަނީ މައްސަލައިގައި ހުށައަޅަން ބޭނުންވާ ލިޔެކިޔުންތަކާއި ހެކިންގެ މަޢުލޫމާތު 19 ޖަނަވަރީ 2022 ގެ 15:00 ގެ ކުރިން ކައުންސިލަށް ހުށަައެޅުމަށް އަންގާފައެވެ.

އެކަމާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، ދަށު ކޯޓުން އެ މައްސަލަ ނިންމާފައިވަނީ 31 އޯގަސްޓު 2021ގައި ކަމަށެވެެ. އަދި ހައިކޯޓުގައި މައްސަލަ ރަޖިސްޓްރީ ކޮށްފައިވަނީ 13 ސެޕްޓެމްބަރު 2021 ގައި ކަމަށާއި، އެ ދެމެދުގައި ކުރާ ޓްވީޓުތަކުން ނުފޫޒު ފޯރުވޭނެ މައްސަލައެއް އެއްވެސް ކޯޓެއްގައި ނޯންނާނެ ކަމަށެވެ.

ރިހިވެލި ރިސޯޓުގެ މައްސަލައިގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރެވޭނެ ހައިސިއްޔަތެއް ނެތް ކަމަށް ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 15 ފެބުރުއަރީ 2018 އެވެ. ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ރިހިވެލި ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް ފްރާންސް ކުންފުނީގެ 50-50 ހިއްސާ އޮންނަ ގޮތަށް ހެދި "ސޭވް ދަ ޑްރީމް މޯލްޑިވްސް" ކިޔާ ކުންފުންޏެކެވެ. ރިހިވެލި ރިސޯޓް ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 8 މެއި 2018 ގައެވެ. އަދި މާހަލް އިން ސަބްލީސް އެގްރީމަންޓް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ސަބްލީސް ކުއްޔާއި ހެޑްލީސް ކުލި ނުދައްކާތީއެވެ.  ސަބްލީސް އެއްބަސްވުން ބާތިލުކޮށް ޓާމިނޭޝަން ނޯޓިސް ފޮނުވީ 14 ސެޕްޓެމްބަރު 2020 ގައެވެ.

މި މައްސަލައިގައި މީގެ ކުރިން ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ދައުވާ ކުރުމާއި ދައުވާ ރައްދު ކުރުމަކީ، ހަމައެއް ލަމައެއް ނެތި ހިތުހުރިހާ ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ދައުވާ ރައްދު ކުރުމުގައި އެ ފަރާތެއްގެ މަސްލަހަތާއި އެ ދައުވާއެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ހަމަ ހަގީގަތުގައި ވެސް ލިބިފައިވޭތޯ ބަލަންޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައިވަނީ މި މައްސަލަ އިސްތިއުނާފްކުރާ ފަރާތުން ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް ކަނޑައަޅައި، 14 ސެޕްޓެމްބަރ 2020 ގައި މާހަލް ޓުއާރސް އިން ނެރުނު ޓާމިނޭޝަން ނޯޓިސް ބާޠިލުކަމަށް ކަނޑައަޅައި، އެ ޓާމިނޭޝަން ނޯޓިސްއާ ޙަވާލާދީ ރިހިވެލި ރިސޯޓުގެ އޮޕަރޭޓިންގ ލައިސެންސް ބާޠިލުކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ސޭލްސް އެންޑް ޕާޗޭސް އެގްރީމެންޓާ ޚިލާފުވެފައިވާތީ، އެ އެގްރީމެންޓްގެ 4 ވަނަ މާއްދާގެ ދަށުން، އިނީޝިއަލް ޕޭމަންޓްގެ ގޮތުގައި 300،000 ޑޮލަރާއި ސައިނިން ފީ އެއްގެ 500،000 ޑޮލަރު، ދަޢުވާކުރާ ފަރާތުން ދަޢުވާ ލިބޭ ފަރާތަށް ދައްކާފައިވާއިރު، އެ ފައިސާ އަނބުރާ، ދަޢުވާކުރާ ފަރާތަށް ދެއްކުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ސަބްލީސް އެއްބަސްވުމަށް ދެ ފަރާތުންވެސް ތަބާވުމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

ރިހިވެލި ރިސޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

19 ޑިސެމްބަރު 2025
ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް