Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

ބާސާ ކަޓުވާލުމަށްފަހު ރެއާލް ފައިނަލަށް

13 ޖެނުއަރީ 2022 | ބުރާސްފަތި 06:35

މިއީ ކްލަސިކޯގެ ތާރީޚުގައި ރެއާލް މޮޅުވި 100 ވަަނަ މެޗު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖެނުއަރީ 2022 | ބުރާސްފަތި 06:35
ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ސުޕަ ކަޕުގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ ބާސާ ކަޓުވާލުމަށްފަހު މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ސައުދީ އަރަބިއްޔާ މި ފަހަރުގެ މުބާރާތް ކުރިއަށްދާއިރު، ބުދަ ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗުން ރެއާލް މޮޅުވީ ބާސާ އަތުން 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ބާސާ އަތުން ރެއާލް ޖެހިޖެހިގެން މޮޅުވި ފަސްވަަނަ މެޗެވެ. އަދި ކްލަސިކޯ މެޗުގެ ތާރީޚުގައި ރެއާލް މޮޅުވި 100 ވަަނަ މެޗެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅުނު ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބާސާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އެންމެ ލީޑު ނަގާފައިވަނީ ރެއާލުންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެންޒެމާއެވެ. އެކަމަކު މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ބާސާއިން އަލުން ނަތީޖާ އެއްވަރުކުރިއިރު، ޖޯޑީ އަލްބާ ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންސޫ ފަޓީއެވެ.

މެޗުގެ 90 މިނެޓު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމާއެކު، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން އަށްވަނަ މިނެޓުގައި ރެއާލް މި މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ފެޑެރީކޯ ވަލްވޭޑޭއެވެ.

މި މޮޅާއެކު މި މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރިއިރު، ފައިނަލުގައި ރެއާލާ ކުޅޭ ޓީމެއް އެނގޭނީ ބުރާސްފަތި ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ބިލްބާއޯ ކުޅޭ ދެވަނަ ސެމީގެ މެޗަށްފަހުއެވެ. އެންމެ ފަހުން ސުޕަ ކަޕް ކާމިޔާބުކޮށްފައިވަނީ ބާސާ ބަލިކޮށް ބިލްބާއޯއިންނެވެ.

ސްޕެނިޝް ސުޕަ ކަޕްރެއާލް މެޑްރިޑްބާސެލޯނާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް