Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ދާއިރާއަށް ޔާމީނު ކުރައްވާ ދަތުރު

ކޮމަންޑޫ ދާއިރާއަށް ޔާމީނު ކުރައްވާ ދަތުރުގައިވެސް "އިންޑިއާ އައުޓް" ކެމްޕެއިން

12 ޖެނުއަރީ 2022 | ބުދަ 14:43

ކޮމަންޑޫ ދާއިރާގެ ރަށްރަށަށް ޔާމީނު ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 12 ޖެނުއަރީ 2022 | ބުދަ 14:43
ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިންޑިއާ އައުޓް ކެމްޕެއިނުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިންޑިއާ އައުޓް ކެމްޕެއިނުގެ ތެރެއިން

ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮންނަ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިނު ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އެދާއިރާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ރާއްޖެޓީވީއަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްރަށަށް ޔާމީނު ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށެވެ. އަދި ޔާމީނާއެކު މިވަގުތު މާލޭގައިތިބި އިދިކޮޅު ކޯލިޝަންގެ ލީޑަރުންވެސް މި ދަތުރުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ. ޕީޕީއެމްގެ ގިނަ އަދަދެއްގެ އަންހެނުންނާ ޒުވާނުން މިދަތުރުގައި ބައިވެރިވާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. ހީނާ ވިދާޅުވީ މި ދަތުރުގައި ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށަކަށް ޔާމީނު ދަތުރުކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ފަތުހީއަށް ކެމްޕެއިން ކުރުމަށްޓަކައި ކޮމަންޑޫ ދާއިރާއަށް ޔާމީނު ކުރައްވާ ފުރަތަމަ ދަތުރެވެ.

Advertisement - newsAdvertisement

ޔާމީނުގެ މި ދަތުރުގައިވެސް އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫގައެވެ.

ފަތުހީގެ ކެމްޕެއިނަށް ޔާމީނު ކޮމަންޑޫ ދާއިރާއަށް ދަތުރު ކުރައްވާއިރު، އިދިކޮޅު ކޯލިޝަނުގެ ބައެއް އިސް މެމްބަރުން ހިމެނޭ ގޮތަށް މިހާރުވެސް އެދާއިރާގައި ފަތުހީގެ ކެމްޕެއިނުތައް ކުރިއަށް ގެންދެއެވެ.

މިއަންނަ މަހު ބާއްވާ ބައި އިލެކްޝަންގައި ވާދަކުރާނީ ޕީޕީއެމްގެ އިތުރުން އެމްޑީޕީއާ އެމްއެންޕީއިންނެވެ. އެމްޑީޕީން މިދާއިރާއަށް ނެރޭ ކެންޑިޑޭޓަކީ މުހައްމަދު ރާޝިދެވެ. އެމްއެންޕީގެ ފަރާތުން މިދާއިރާއަށް ކުރިމަތިލާފައިވަނީ ކޮމަންޑޫއަށް އުފަން އަބްދުލް ހަންނާން އިދުރީސްއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީގެ ސީނިއަރ މެމްބަރު އަދި ވިޔަފާރިވެރިޔާ ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.

އިދިކޮޅު ޕީޕީއެމުން ނެރޭ ކެންޑިޑޭޓުގެ ކެމްޕެއިނުގައި ޔާމީނު ބައިވެރިވުމަށް ނިންމާފައި ވާއިރު، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ފަރާތުން މި ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ ކެމްޕެއިނުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮ.ތުން ރައީސް ސާލިހު ވަނީ ދާދި ފަހުން މުހައްމަދު ރާޝިދުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހުކުރި ޖަލްސާގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ކޮމަންޑުއާ މަތިކޮމަންޑޫ ގުޅުވުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވުމަށް ރައީސް ސާލިހު ބުރާސްފަތި ދުވަހު ކޮމަންޑޫއަށް ވަޑައިގަންނަވާނެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންޕީޕީއެމްކޮމަންޑޫ ބައި އިލެކްޝަންކޮމަންޑޫ ދާއިރާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް