Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާގިލްގެ މަރުގެ މައްސަލަ

އާގިލްގެ މަރު: ދިފާއީ ވަކީލު އެދިގެން އަޑުއެހުން ކެންސަލް

އަޑުއެހުން ކެންސަލްކޮށްފައިވަނީ ދިފާއީ ވަކީލުގެ އެދިލެއްވުމަކަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖެނުއަރީ 2022 | ބުދަ 04:32
އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 3 މީހުން

އާގިލްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 3 މީހުން

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (18އ) މަރާލި މައްސަލާގައި ދައުލަތުން ދައުވާއުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު ކެންސަލްކޮށްފިއެވެ.

މި މައްސަލަ ތާވަލު ކޮށްފައި އޮތީ ބުދަ ދުވަހުގެ ހެނދުނު 09:00 އަށެވެ. އެހެންނަމަވެސް، މި އަޑުއެހުން ކެންސަލްވެފައިވަނީ ދިފާއީ ވަކީލުގެ އެދިލެއްވުމަކަށް ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ދިފާއީ ވަކީލު އެހެން މައްސަލައެއްގެ އަޑުއެހުމެއް އެގަޑީގައި އޮތްކަމަށް ވިދާޅުވެ ސިޓީއަކުން އަންގަވާފައިވާކަމަށް ކޯޓުން މައުލޫމާތު ދެއެވެ.

އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި މައްސަލައިގައި ހަމްދޫން ހަމްޒަތުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ހަމްދޫނުގެ އިތުރުން މިޖުވާދު މާލިކުގެ މައްޗަށްވެސް އުފުލާފައިވަނީ ހަމަ އެ ދައުވާއެވެ. އޭގެ އިތުރުން، މި މައްސަލައިގައި އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އެ އަޑުއެހުމަކީ މައްސަލައިގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން މައްސަލައިގެ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރު ކުރެއްވި ފުލުސް އޮފިސަރު ވަނީ ހާޒިރުކޮށްފައެވެ. ދައުލަތާއި ދިފާއުން ވަނީ އެ ހެކިވެރިޔާއާ ސުވާލުކޮށްފައެވެ. ދައުލަތުން އެ ހެކިވެރިޔާ ހާޒިރުކޮށްފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓަކީ ސައްޙަ ރިޕޯޓެއްކަން ކަށަވަރު ކުރުމަށެވެ.

މި މައްސަލައާ ގުޅިގެން ހެކިބަސް ދެއްވަމުން ހެކިވެރިޔާ ވަނީ ރިޕޯޓުގައި ހިމަނާފައިވާ އަނިޔާގެ ފޮޓޯތަކާއި ގުޅިގެން ދައުލަތުންނާއި ދިފާއުން ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން އެންމެ ބޮޑެތި ޒަޚަމްތަކެއް ގޮތުގައި ފާހަގަ ކުރެވުނީ ވައަތްފަރާތު މޭ މަތީގައި ހުރި ޒަޚަމްތަކެއްކަން އޭނާ ފާހަގަ ކުރިއެވެ.

މި އަޑުއެހުމުގައި އިތުރު ހެކިވެރިންތަކެއްގެ ހެކިބަސް ނެގުމަށްވެސް އޮތީ ތާވަލު ކުރެވިފައެވެ. އެހެންނަމަވެސް، އެ ހެކިން ހާޒިރު ކުރެވިފައިނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ބާކީ ތިބި ހެކިންގެ ހެކިބަސް ނެގުން ކަމަށް ގާޒީ އޭރު ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓްމަރު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު