Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތު މިނިސްޓްރީއަށް އައު ޑީޖީއެއް އައްޔަނުކުރުން

ހެލްތު ސަރވިސްގެ ޑީޖީއަކަށް ޑރ އަޝްރަފް

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2022 | އަންގާރަ 17:19
ޑރ އަހުމަދު އަޝްރަފް

ޑރ އަހުމަދު އަޝްރަފް

މިނިސްޓްރީ އޮފް ހެލްތުގެ ހެލްތު ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމަށް ޑރ އަހުމަދު އަޝްރަފް, ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެމަގާމަށް ޑރ އަޝްރަފް އައްޔަނުކޮށްފައިވަނީ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުކަމަށެވެ. ޑރ އަޝްރަފަކީ ސިއްހީ ދާއިރާގައި 14 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. ޑރ އަޝްރަފް ގިނައިން މަސައްކަތްކުރައްވާފައިވަނީ އައިޖީއެމްއެޗްގައެވެ. މީގެއިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި މެޑިކަލް ކިޔަވާ ދަރިވަރުންނަށް ޑރ އަޝްރަފް ވަނީ ކިޔަވައިދެއްވާފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވަން ފައްޓަވާފައިވަނީ 1996 ވަނަ އަހަރުއެވެ. ޔޫކްރެއިނުން އަޝްރަފް ގްރެޖުއޭޓްވެވަޑައިގެންފައިވާއިރު، ނޭޕާލްގެ އެކަޑަމީ އޮފް ސައިންސްގައި ވަނީ އިންޓަރނަލް މެޑިސިންއިން ތަމްރީން ހޯއްދަވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިމަގާމަށް ހޮވޭ މީހަކަށް 70،000 ރުފިޔާ ލިބޭނެއެވެ. އެއީ މުސާރައިގެ ގޮތުގައި 54،430 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 530 ރުފިޔާއެވެ. މިއީ ސިވިލް ސަރވިސްގެ މަގާމުތަކުގެ ތެރެއިން އެންމެ ބޮޑު މުސާރަ ދޭ އެއް މަގާމެވެ. މިމަގާމުގައި ހުންނަ ފަރާތަކީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ ބޮޑު ޒިންމާއެއް ކަނޑައެޅިފައިވާ އެއް ފަރާތެވެ.

މިމަގާމުގައި ކުރިން ހުންނެވީ ޑރ ޝީޒާ އަލީއެވެ. މިމަގާމަށް މީހަކު އައްޔަނުކުރަނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން އަލަށް ޑީޖީއަކު މިއައްޔަނުކުރީ އެޓަރމް ފުރިހަމަވުމުންނެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
09 ޖުލައި 2025

މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން

09 ޖުލައި 2025
މި ދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުން
30 ޖޫން 2025

ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި

30 ޖޫން 2025
ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު