Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓު

ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރަނީ

ފާރުތައް ތަޅާލުމަށްފަހު ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޖެނުއަރީ 2022 | އަންގާރަ 11:45
ހިޔާ ފްލެޓުގެ ލިފްޓް ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ

ހިޔާ ފްލެޓުގެ ލިފްޓް ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ކުރަނީ

ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގެ ލިފްޓް ސަރަހައްދުގައި މީހުން ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް އެސަރަހައްދުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ލިފްޓް ހިމެނޭހެން ހަދާފައިވާ ލޮބީގައި ހުރި ބައެއް ފާރުތައް ތަޅާލުމަށްފަހު ޖާގަ ބޮޑުކުރުމުގެ އަމަލީ މަސައްކަތް މިޙާރު އެޗްޑީސީން ވަނީ ފަށާފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައި ވަނީ 25 ބުރީގެ 16 ޓަވަރެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ ބަޔަކު އަންނަނީ އެސަރަހައްދުގައި ދިރިއުޅެމުންނެވެ. ހިޔާ ފްލެޓަށް ދިރިއުޅުން ބަދަލުކުރާވަރު އިތުރުވާ ވަރަކަށް އެތަނުގައި އެކި ކަހަލަ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އެގޮތުން ލިފްޓު ސަރަހައްދުގެ ޖާގަ ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު ތޮއްޖެހެއެވެ. ހަމައެހެންމެ ލިފްޓްތައް ހުއްޓޭ މައްސަލައެއްވެސް މިދޭތެރެއިން ވަނީ ފެންމަތިވެފައެވެ.

ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ހިޔާ ފްލެޓުތަކުގައި މިހާރު ހުރީ އެންމެ ފިހާރައެކެވެ. އެ ފިހާރައިންވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުން ބޭނުންވާ ގިނަ ސާމާނުތައް ނުލިބެއެވެ. އެހެންކަމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި މަސް ތެރޭގައި އިތުރު ދެ ފިހަރާއެއް ހުޅުވުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާ ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު